
އައްޑޫގައި ތެލުގެ އަގު ހުރީ އިންތިހާއަށް ބޮޑުކޮށް: މޭޔަރު ނިޒާރު

މުޙައްމަދު ފަޟްލޫން - 16 މާރިޗު 2026 - 16:00
އައްޑޫ ސިޓީގައި ތެޔޮ ވިއްކަމުންދާ އަގުތަކަކީ ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ނިސްބަތުން މާ ބޮޑު އަގުތަކެއް ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ މައި ކުންފުނި އެސްޓީއޯ އިން ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން ތެލުގެ އަގު ބޮޑުކޮށްފައެވެ.
އެސްޓީއޯ އިން ގެނައި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 2.51 ރުފިޔާ ބޮޑުވެ، މިހާރު ވިއްކަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރަކުން 3.62 ރުފިޔާ ބޮޑުކޮށް، މިހާރު ވިއްކަމުންދަނީ 17.54 ރުފިޔާއަށެވެ. މިއީ ޕެޓްރޯލުން 18.6 އިންސައްތަ އަދި ޑީސަލުން 26 އިންސައްތައިގެ ބޮޑުވުމެކެވެ.
ނިޒާރު އެކްސްގައި ވިދާޅުވީ އައްޑޫ ސިޓީގައި ތެޔޮ ވިއްކާ އަގުތައް ހުރީ އެސްޓީއޯގެ ކޮންޓްރޯލް އަގަށްވުރެ މާ މަތީގައެވެ.
ނިޒާރު ވިދާޅުވި ގޮތުގައި އައްޑޫގައި މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކަނީ 29.26 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 30.13 ރުފިޔާއަށެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން ނިޒާރު ވިދާޅުވީ، މި އަގުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ނިސްބަތަށް ބަލާއިރު ބަލައިގަނެވޭނެ އަގުތަކެއް ނޫން ކަމަށެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ތަކެތީގެ އަގު އުފުލެމުންދާތީ، ހުރިހާ ރައްޔިތުންވެސް އިސްރާފު ކުޑަކުރުމަށާއި، ޚަރަދުތައް ކުރުމުގައި މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ނިޒާރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯއަކަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ ޒިޔަތު
2 ގަޑިއިރު ކުރިން

ސަނީ އުމަރަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނަ ދައުވާތަކެއް
2 ގަޑިއިރު ކުރިން

މުއިއްޒަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް: ރައީސް
4 ގަޑިއިރު ކުރިން

ސަރުކާރުގެ ސަމާލުކަން ހުރީ ހަމައެކަނި ސިޔާސީ ކަންކަމަށް: ރައީސް ނަޝީދު
7 ގަޑިއިރު ކުރިން


.gif&w=3840&q=75)