logo

މުއިއްޒަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް: ރައީސް

profile

ޝަހްޒާ މުޙައްމަދު - 16 މާރިޗު 2026 - 16:01

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަބްދުލް މުއިއްޒު ހަސަން ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތެލެސީމިއާ ސޮސައިޓީގެ އެގްޒެކްޓިވް މެމްބަރުކަން ވެސް ކުރެއްވެވި މުއިއްޒު ނިޔާވި ހަބަރު އަޑު އެހީ ފުން ހިތާމައެއް ކަމަށެވެ. މުއިއްޒަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުން ވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަރްޙޫމްގެ އާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވާކަމަށެވެ. އަދި މާތްﷲ ގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމް އަބްދުލްމުއިއްޒު ޙަސަން ލެހެއްޓެވުމަށް ރައީސް ދުޢާދެންނެވިއެވެ.

މުއިއްޒަކީ ތެލެސީމިއާ ކުދިންނާއި މީހުންގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި، އަދި އެ ކުދިންނާއީ މީހުންގެ ހައްގުތައް ހޯދައި ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ. މުއިއްޒު ނިޔާވި އިރު، ހުންނެވީ އެޗްޑީސީގެ ކޮންޓްރެކްޓް މެނޭޖްމަންޓްގެ މަގާމުގައެވެ. މުއިއްޒު، އެ މަގާމުގައި ހުންނެވިތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk