logo

ރޯދަމަހަށް ޑިސްކައުންޓުދޭން ސްޓެލްކޯ އިން ވަކި ބިލެއް ތައްޔާރުކުރަނީ

profile

ޝަހްޒާ މުޙައްމަދު - 14 ފެބްރުއަރީ 2026 - 12:54

ރަމަޟާންމަހަށް ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިން ނެގުމުގެ މަސައްކަތް ކުރަން ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

https://wamco.com.mv/

ރޯދަމަހުގެ ކަރަންޓު ބިލު 400 ރ. އަށް ކުޑަކޮށްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މާލޭ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގައި ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއިން ސޯޝިއަލް މީޑިއާގަައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސް ނިންމަވާފައިވާތީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މިމަހުގެ 16 އަދި 17 ވަނަ ދުވަހު އެ މަސައްކަތް ކުރިއަށްދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ 2024 އަހަރުން ފެށިގެން އެކިއެކި އިނާޔަތްތައް ރައްޔިތުންނަށް ހަމަޖައްސައިދެއްވަމުންނެވެ. އެގޮތުން ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަކީ ކުރައްވާ އެއް މަސައްކަތެވެ. މިދިޔަ އަހަރުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ސަރުކާރުން ވަނީ 130 މިލިޔަން ރުފިޔާ ޚަރަދު ކުރައްވާފައެެވެ. މިއީ ރަމަޟާން މަހެއްގައި މިގޮތަށް ހުރިހާ ރައްޔިތުންނަށް ބިލުތަކުން ޑިސްކައުންޓު ދޭ 3 ވަނަ ފަހަރެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk