
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތްދޭނެ ކާރުތަކުގެ ބޮޑުބައެއް ރާއްޖެ ގެނެސްފި

މުޙައްމަދު ފަޟްލޫން - 24 މާރިޗު 2026 - 15:45
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ގިނަ އަދަދެއްގެ ކާރުތައް ރާއްޖެ ގެނެސްފި އެވެ.
މާލެ ޓެކްސީ ލައިންގެ ނަމުގައި ސަރުކާރުން ފަށާ ޓެކްސީ ހިދުމަތް ފެށުމުގެ ފުރަތަމަ ފޭސް އަށް ބޭނުންވާ ކާރުތަކުގެ ދެބައިކުޅަ އެއްބައި އުޅަނދުތައް މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
ޖުމުލަ 150 ކާރު ގެންނަން ނިންމާފައިވާއިރު އެމްޓީސީން ބުނި ގޮތުގައި ފުރަތަމަ ޝިޕްމަންޓުގެ ދަށުން މިއަދު ރާއްޖެ ގެނައީ 60 ކާރެވެ.
ދެވަނަ ޝިޕްމަންޓު ރާއްޖެ ގެނެވޭނެ ކަމަަށް އެ ކުންފުނިން ލަފާކުރަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު 90 ކާރު ގެންނާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުގެ ދެވަނަ ދުވަހު އެވެ.
ސަރުކާރުން ފަށާ ޓެކްސީގެ ހިދުމަތަށް ރާއްޖެ ގެނައީ ޗަންގަން އޮޓޯމޮބައިލް ބްރޭންޑުގެ ކާރުތަކެވެ. އެއީ ލުމިން އަދި S05 އާއި S07 މޮޑެލްގެ ކާރެވެ.
މާލެ ޓެކްސީ ލައިން ފަށަން ބޭނުން ކާރުތައް ރާއްޖެ ގެނެސް މިހާރު ހުރީ އެމްޕީއެލް ސަރަހައްދުގަ އެވެ. ކާރުތައް ނެރުމުގެ ކަންކަން އެމްޓީސީސީން މިހާރު ކުރިއަށް ގެންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ކާރުތަކުގައި ވަނީ އެމްޓީސީސީގެ ލޯގޯ އާއި ޓެކްސީ ލައިންގެ ހޮޓްލައިން ނަމްބަރު ޖަހައިފަ އެވެ.
އެމްޓީސީސީން ނިންމާފައި ވަނީ މާލެ ޓެކްސީ ލައިންގެ ދާއިމީ ޑްރައިވަރުން ހާއްސަ ޔުނިފޯމެއްގައި ތިބޭ ގޮތަށެވެ.
ޕާޓްޓައިމް މުވައްޒަފުމް ތިބޭނީ އެ ކުންފުނިން ބުނި ގޮތުގައި ވެސްޓް ލައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލެހިޔާ ފްލެޓުތައް މަރާމާތުކުރާނެ ބަޔަކު ހޯދަން ކުރި އިއުލާން ބާތިލުކޮށްފި
2 ގަޑިއިރު ކުރިން

ހޫނު ގަދަވާތީ ސަމާލުވެ ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން

ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ވައިގެ ސަރަހައްދު ސާފުކޮށްދީފި
2 ގަޑިއިރު ކުރިން
ރާއްޖެއަށް ތެޔޮ އެތެރެ ކުރުމަށް 10 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ: ތާރިގް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)