
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ 3 ވަނަ ރިޔާސީ ބަޔާން މިއަދު ބާއްވަނީ

ރިޟްވާން މޫސާ - 05 ފެބްރުއަރީ 2026 - 03:30
މި ހިނގާ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާ އޮންނާނީ މަޖިލިސް ކުރާ ގޭގައި ހެނދުނު 09 ޖަހާއިރު ކަމަށްވެސް މަޖިލިސް އިދާރާއިން ވަނީ ބުނެފައެވެ.
މި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެއެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު އިއްވާނީ ރައީސް ޑރ މުއިއްޒުގެ 3 ވަނަ ރިޔާސީ ބަޔާނެވެ.
ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެއެވެ.
މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެއެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެމްބަރުންގެ ހިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެއެވެ.
މަޖިލީހުގެ ހުސްވި އަހަރުގެ ޖަލްސާތައް ނިންމައި ޗުއްޓީއަށް ދިޔައީ ޑިސެމްބަރު މަހުގެ 03 ވަނަ ދުވަހުއެވެ.
މިވަގުތު މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް މި ހިނގާ ޖަނަވަރީ މަހުގެ 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު ދައުރުން ބޭރުން ދެ ޖަލްސާއެއް ވަނީ ބާއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޔޫކްރެއިން، ރަޝިޔާ އަދި އެމެރިކާގެ މަޝްވަރާތައް ފަށައިފި
10 މިނިޓު ކުރިން

އިސްރާއީލްގެ ރައީސަށް މަރުގެ އިންޒާރު ދީފި!
10 މިނިޓު ކުރިން

ހުޅުމާލޭގައި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
11 މިނިޓު ކުރިން

މާޗް އިން ފެށިގެން ކޮންމެ ހަފްތާއަކު ރައީސް، ނޫސްވެރިންނާ ބައްދަލުކުރައްވަނީ
2 ގަޑިއިރު ކުރިން


