
ލިއޮނަލް މެސީ
"މެސީ ކަޕް"ގެ ނަމުގައި 16 އަހަރުންދަށުގެ މުބާރާތެއް ބާއްވަނީ

ހަސަން ޝަމްއޫން - 16 އޮކްޓޯބަރު 2025 - 11:29
އެމްއެލްއޭގެ އިންޓަ މިއާމީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، އޭނާގެ ނަމުގައި ފުޓްބޯޅަ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
މެސީ ޕްރޮޑަކްޝަން ކުންފުނި 525 ރޮސާރިއޯއާ އިންތިޒާމުކޮށް މިއަހަރުގެ ޑިސެންބަރު މަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތް ބޭއްވުމަށް ހަަމަޖެހިފައިވަނީ އެމެރިކާގެ ފްލޮރިޑާގައެވެ. އަދި މީގެ ފަހުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހު ބޭއްވުމަށް ރާވާފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 16 އަހަރުން ދަށުގެ ޓީމުތަކެވެ.
އެގޮތުން މި އަހަރުގެ މުބާރާތުގައި ޖުމްލަ އަށް ޓީމަކުން ދައުވަތުދިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މެސީގެ ކެރިއަރުގެ ބޮޑުބައި އެކުލަބެއްގައި ހޭދަކުރި، ސްޕޭނުގެ ބާސެލޯނާ އާއި އޭނާގެ ކުޑައިރު ކުޅުނު އާޖެންޓީނާގެ ނިއުވެލްސް އޯލްޑް ބޯއީސްގެ އިތުރުން ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑް، އިޓަލީގެ އިންޓަމިލާން، އިނގިރޭސިވިލާތުން މެންޗެސްޓާ ސިޓީ އަދި ޗެލްސީގެ އިތުރުން އާޖެންޓީނާގެ ރިވަޕްލޭޓާއި މެސީ މިހާރު ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީ އެވެ.
ނަމަވެސް މެސީގެ ކެރިއަރުގައި އޭނާ ކުޅުނު ކުލަބުތަކުގެ ތެރެއިން ފްރާންސްގެ ޕީއެސްޖީއަށް މިމުބާރާތުގައި ވާދަކުރުމުގެ ދައުވަތު ދީފައެއް ނުވެއެވެ. އަދި މި މުބާރާތާ ބެހޭ ގޮތުން މެސީ އޭނާގެ އިންސްޓަގްރާމުގައި ބުނެފައިވަނީ މިއީ ކުރިމަގުގެ ތަރިން އެއްތަނަކުން ބައްދަލުވާނެ މުބާރާތަކަށް ވެގެންދާނެކަމަށާއި މި މުބާރާތުގެ ސަބަބުން ފުޓްބޯޅައިގެ އައު ތަރިންތަކެއް އުފެދިގެންދާނެ ކަމަށެވެ.
9 ޑިސެންބަރު 2025 އިން 16 ޑިސެންބަރު 2025 ގެ ނަޔަލަށް ކުރިއަށްދާ މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމު ސެމީއަށް ހޮވޭއިރު، ތިންވަނަ ހޮވާ މެޗާއެކު މިމުބާރާތުގައި ޖުމްލަ 16 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުން ހުރި ޙަބަރުތައް

މެސީގެ ކެރިއަރުގެ 800 ވަނަ ލަނޑު ހަމަކޮށްފި
3 އަހަރު ކުރިން

މެސީގެ ބައިނަލްއަގްވާމީ 100 ވަނަ ލަނޑާއެކު ކުރަކާއޯ އަތުން އާޖެންޓީނާ މޮޅުވެއްޖެ
3 އަހަރު ކުރިން

ކްލަބްގެ ހުއްދަނެތި ސައުދީ އަރަބިއްޔާ އަށް ދިޔުމުން މެސީ ސަސްޕެންޑް ކޮށްފި
2 އަހަރު ކުރިން

މެސީއާއި ޕީއެސްޖީން އައު ރެކޯޑެއް ހަދައިފި!
2 އަހަރު ކުރިން