logo
—

މެސީގެ ކެރިއަރުގެ 800 ވަނަ ލަނޑު ހަމަކޮށްފި

profile

އަހުމަދު ލައްމާހު އަޒީޒު - 24 މާރިޗު 2023 - 16:26

https://wamco.com.mv/

ލިއޮނަލް މެސީގެ ކެރިއަރުގެ 800 ވަނަ ލަނޑާއެކު ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހު އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ޕެނަމާ އަތުން 2-0 އިން މޮޅުވެއްޖެއެވެ.

އުމުރުން 35 އަހަރުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް ވެފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު މި ކާމިޔާބީއާ ހަމައަށް ދިޔަ ދެވަނަކުޅުންތެރިޔާއަށެވެ. މެސީގެ ލަނޑުތަކުގެ ތެރޭގައި ބާސެލޯނާއަށް 17 ސީޒަނުގައި 672 ލަނޑު އަދި ޕީއެސްޖީގައި ޖެހި 29 ލަނޑު ހިމެނެއެވެ. އެގޮތުން މެސީ ވަނީ ބައިނަލްއަގުވާމީ 99 ގޯލު ޖަހައި ވޯލްޑް ކަޕްފައިނަލުގައިވެސް ދެ ގޯލް ޖަހައިފަ އެވެ.


ވޯލްޑް ކަޕަށް ފަހުގައި އަމިއްލަ ސަޕޯޓަރުންގެގެ ކުރިމަތީގައި ކުޅުން ފުރަތަަމަ މެޗުގައި އާޖެންޓީނާ އެޓީމަށް ލީޑު ނަގައިދިނީ 78 ވަނަ މިނެޓުގައި ޒުވާން މިޑްފިލްޑަރު ތިއާގޯ އަލްމާޑާ އެވެ. މިއީ އެޓީމުގެ ލިއަންޑްރޯ ޕެރެޑެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަދި އާޖެންޓީނާގެ ދެވަނަ ލަނޑު 89 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ލަޔޮނަލް މެސީ އެވެ.

އަންނަ އަންގާރަ ދުވަހު އާޖެންޓީނާ ކުރަކާއޯއާ ދެކޮޅަށް ނުކުންނައިރު މެސީއަށް އޭނާގެ 100 ވަނަ ބައިނަލްއަގުވާމީ ލަނޑު ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

https://etukuri.mv/
https://www.aslu.com.mv