
-
މެސީއާއި ޕީއެސްޖީން އައު ރެކޯޑެއް ހަދައިފި!

ޙުސައިން ފަޒީލް - 28 މޭ 2023 - 13:41
ފަރަންސޭސި ލީގުގައި އިއްޔެ ސްޓްރެސްބާގާއި ދެކޮޅަށް ކުޅުނު މެޗު 1-1ން ޑްރޯވުމުން ޕީއެސްޖީއަށް ފަރަންސޭސި ލީގު ކަށަވަރުވެއްޖެއެވެ. މިއާއެކު ޕީއެސްޖީން މިވަނީ 11ފަހަރު ލީގު ކާމިޔާބުކޮށް އައު ރެކޯޑެއް ހަދާފައެވެ. ޕީއެސްޖީން މުގުރާލާފައިވަނީ 1981ވަނަ އަހަރު ސެއިންޓް އެޓިއޭނުން 10 ފަހަރަށް ތަށި ހޯދައިގެން ހަދާފައިވާ ރެކޯޑެކެވެ. ޤަތަރުގެ ސްޕޯޓްސް އިންވެސްޓްމެންޓުން ޕީއެސްޖީއާއި ޙަވާލުވީފަހުން އެ ޓީމު ފާހަގަ ވެފައިވަނީ ފަރަންސޭސި ލީގުގެ ގަދަބާރެއްގެ ގޮތުގައެވެ. މިގޮތުން ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން ބޮޑު އަގުގައިގެނެސް އެ ޓީމުގެ ސްކޮޑުވަނީ ވަރުގަދަ ކޮށްފައެވެ. ފަރަންސޭސި ލީގުގައި އެޓީމުން ހޯދާ ކާމިޔާބީ ޗެމްޕިއަންސް ލީގުގައި ނުހޯދޭތީ ސަޕޯޓަރުންގެ ފާޑުކިޔުން އަބަދުވެސް ޓީމަށް އަމާޒުވެއެވެ. ޗެމްފިއަންސް ލީގުގެ ގަދަ ސޯޅައިން އެޓީމު ކަޓާފައިވަނީ ބެޔާންމިޔުނިކު އަތުން ބަލިވެގެންނެވެ. ޕީއެސްޖީން ހެދި ރިކޯޑުގެ އިތުރަށް މެސީވެސްވަނީ އައު ރެކޯޑެއް ހަދާ ތާރީޚުގެ ތެރެއަށް ވަދެފައެވެ. އޭނާވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ ޔޫރަޕްގައި އެންމެ ގިނަ ލީގް ގޯލްޖަހައިގެން ހަދާފައިވާ ރެކޯޑު، 496 ގޯލްޖަހާ މުގުރާލާފައެވެ. ނަމަވެސް ޕީއެސްޖީގައި މެސީގެ ކުރިމަގާމެދުގައި ވަނީ ސުވާލު އުފެދިފައެވެ. ދާދި ފަހުން ކްލަބަށް ނޭންގި ސައުދީއަރަބިޔާއަށް ކުރި ދަތުރުގެ ސަބަބުން ކްލަބުން އޭނާ ދެހަފްތާއަށް ސަސްޕެންޑްވެސް ކުރިއެވެ. އަދި ގޯލްޖެހުން ދައްވެ، މުހިންމު މެޗުތަކުން ބަލިވާތީ ސަޕޯޓަރުންގެ ނުރުހުން އޭނާއަށް ވަރަށް ބޮޑަށް އަމާޒުވަމުންދެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން