
--
ކްލަބްގެ ހުއްދަނެތި ސައުދީ އަރަބިއްޔާ އަށް ދިޔުމުން މެސީ ސަސްޕެންޑް ކޮށްފި

އަހުމަދު ލައްމާހު އަޒީޒު - 03 މޭ 2023 - 08:48
އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ މި ހަފުތާގައި އެ ކްލަބުގެ ހުއްދަނެތި ސައުދީ އަރަބިއްޔާއަށް ދިޔަ ފަހުން ޕީއެސްޖީ އިން ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ.
ސަސްޕެންޝަންގެ މުއްދަތުގައި މެސީއަށް ޕީއެސްޖީގެ ތަމްރީނުތަކުގައިވެސް ބައިވެރިއެއް ނުވެވޭނެ އެވެ. ސަސްޕެންޑް ކުރުމުގެ އިތުރަށް ކްލަބުންވަނީ މެސީ ޖޫރިމަނާވެސް ކޮށްފައެވެ. މެސީ ސައުދީ އަރަބިއާއަށް ގޮސްފައިވަނީ ލީގުގައި އެންމެފަހުން ލޮރިއަންޓް އަތުން 3-1 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ޕީއެސްޖީ ބަލިވި މެޗަށް ފަހުގައެވެ.
މެސީ އަކީ ސައުދީ އަރަބިއްޔާގެ ޓޫރިޒަމް އެމްބެސެޑަރެއް ވެސްމެ އެވެ. ޕީއެސްޖީ އާއި އެކު މެސީ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު ސައުދީގެ ވަރުގަދަ ކުލަބެއް ކަމަށްވާ އަލް ހިލާލުން އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 400 މިލިއަން މެސީ އަށް ހުށަހެޅުމަށް ތައްޔާރަށް އޮތް ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މެސީ ވަނީ މި ސީޒަނުގައި ޕީއެސްޖީއަށް ކުޅުނު 71 މެޗުގައި 31 ލަނޑު ކާމިޔާބުކޮށް 34 އެސިސްޓްވެސް ހަދާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން