
މެސީގެ ބައިނަލްއަގްވާމީ 100 ވަނަ ލަނޑާއެކު ކުރަކާއޯ އަތުން އާޖެންޓީނާ މޮޅުވެއްޖެ

އަހުމަދު ލައްމާހު އަޒީޒު - 29 މާރިޗު 2023 - 06:50
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައ އާޖެންޓީނާ އިން ކުރަކާއޯ 7-0 ބަލިކޮށްފިއެވެ.
މިރޭގެ މެޗުގައި، އާޖެންޓީނާގެ ކެޕްޓަން މެސީ ވަނީ މި މެޗުގައި ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. މެޗުގެ ފުރަތަަމަ ލަނޑު މެޗު ފެށިގެން 20 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި އިރު އޭގެ ތިން މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ގޮންޒާލޭޒް އެވެ.
އާޖެންޓީނާގެ ތިންވަނަ ލަނޑުވެސް 33 ވަނަ މިނެޓުގައި މެސީ ކާމިޔާބުކުރި އިރު އެޓީމުގެ ހަތަރުވަނަ ލަނޑު އޭގެ ދެމިނެޓު ފަހުން 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ އެންޒޯ ފެނާންޑޭޒް އެވެ. އަދި މި މެޗުގައި މެސީ ހެޓްރިކް ހަމަކޮށްފައިވަނީ 37 ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ.
ދެވަނަ ހާފުގައި އެޓީމުގެ ހަވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑިމާރިއާ އެވެ. އަދި އެޓީމުގެ ހަތްވަނަ ލަނޑު މެޗު ނިމެން ތިން މިނިޓަށްވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ގޮންޒާލޯ މޮންޓްރިއަލް އެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން