logo

ދެ މަސް ތެރޭ ދުނިޔޭގެ އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރި ފެށޭނެ: ސައީދު

profile

އާމިނަތު ޝަފާ - 04 އޯގަސްޓު 2024 - 13:05

މިނިސްޓަރ ސައީދު

މިނިސްޓަރ ސައީދު

މި އަހަރުގެ ކުރިޔަށް އޮތް ދެމަހެއްހާދުވަސް ތެރޭގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބާޒާރާއެކު މިނިވަން ވިޔަފާރި ފެށޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމްފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފައިނޭންސް އާއި އެކައުންޓީންގ ދާއިރާއަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަރުވައި ހިމާޔަތްކުރަން މަސައްކަތް ކުރަމުން އަންނަ އެއް ދާއިރާއެއް ކަމަށާއި އަދި މިހާރު މި ދަނީ އައު މާރކެޓްތައް ހޯދުމުގައި ބޮޑެތި ވިސްނުންތަކަށް މަގުކޮށައި ޖާގަދެމުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ޚާއްޞަކޮށް ފައިނޭންސް އާއި އެކައުންޓެންސީ ދާއިރާއިން ދުނިޔޭގެ ބޮޑު ބާޒާރަށް ވަނުމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެގެންދާނެ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިހާރު އޮތް ހާލަތު ބަދަލުކުރުމަށް އުންމީދާއެކު ދެމެހެއްޓެނިވި ގޮތަކަށް ކަންކަން އެނގިގެން ވިސްނުންތެރިކަމާއެކު އަމާޒެއް އޮވެގެން އަމާޒު ޔަޤީންވާ ގޮތަށް މަސައްކަތްކުރުމަކީ މުހިންމު ކަމެއްކަމުގައެވެ.

އަދި މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މާލީ ވުޒާރާގެ ވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ވިސްނުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ.

"ލީޑިން އިން ދަ އޭޖް އޮފް އޭ.އައި: އިނޮވޭޓިވް، އިންޓަގްރޭޓް، އިންސްޕަޔަރ" ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ މިފޯރަމްގެ މަގްސަދަކީ އެކައުންޓިންގ އަދި ފައިނޭންސްގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތައް އާޓިފިޝަލް އިންޓެލިޖެންސް އަދި އަދި އީ.އެސް.ޖީގެ މުހިންމުކަމާއި، ތަޖުރިބާއާއި ބޭނުންތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދީ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓަންޓުންގެ އިންސްޓިޓިއުޓް (ސީއޭ މޯލްޑިވްސް) ގެ ބައިވެރިންގެ ހިސާބުކުރުމުގެ މިންގަނޑުތަކާއި މާލީ ރިޕޯޓުކުރުން ހަރުދަނާކުރާމަކަށް ވުޒާރާއިން މައުލޫމާތުދެއެވެ.

https://wamco.com.mv/
tel:+9607331319