logo

ކްރިއޭޓިވް އިކޮނޮމީ ފަންޑުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 12 އޮކްޓޯބަރު 2024 - 18:18

އާ އަހަރު ފާހަގަ ކުރުމަށް މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ނިންމާފައި

އާ އަހަރު ފާހަގަ ކުރުމަށް މިއުޒިކް ޝޯއެއް ބޭއްވުމަށް ވަނީ ނިންމާފައި

އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓަކައި ހުޅުވާފައިވާ 'ކްރިއޭޓިވް އިކޮނޮމީ ފަންޑު' ގެ ދަށުން މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އިން މިދިޔަ މަހުގެ 17 ގައި ހުޅުވި ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ދަށުން އެހީތެރިކަމަށް އެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކުންފުނީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން އެ ސްކީމްގެ ދަށުން މާލީ އެހީތެރިކަން ދޫކުރުމަށް ހަތަރު ދާއިރާއެއް ކަނޑައަޅާފައި ވެއެވެ. އެއީ ފިލްމު އުފެއްދުމާއި، މިއުޒިކް އުފެއްދުން، އާޓް އެންޑް ކްރާފްޓުހެ އިތުރުން ކޮންޓެންޓް ކްރިއޭޝަންގެ ދާއިރާއެވެ.

ބީސީސީން ބުނީ، އެ ސްކީމްގެ ތެރެއިން މާލީ އެހީތެރިކަން ދޫކުރާނީ ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން އެންމެ ކުދި ނުވަތަ ކުދި ވިޔަފާރީގެ ގިންތީގައި ހިމެނޭ ސައްތައިންސައްތަ ދިވެހިން ހިއްސާވާ ވިޔަފާރިއެއް ނުވަތަ ނުވަތަ ބީ.ސީ.ސީއިން ގާއިމުކޮށްފައިވާ އަމިއްލަ މަސައްކަތްކުރާ މީހުންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށެވެ.

ބީސީސީގެ އިއުލާނުގައި ވާގޮތުން ކޮންމެ ފަރާތަކަސް ވެސް ހުށަހެޅެނީ 1 ފޯމެވެ.

އެ ދާއިރާތަކުން 50,000 އާއި 300,000 ދިވެހި ރުފިޔާއާ ދެމެދުގެ އަދަދަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވޭއިރު، އެހީ ލިބޭ ފަރާތްތައް ބައިވެރިވުން ލާޒިމު ކުރާ އިންކިއުބޭޝަންގެ ހިދުމަތެއް އެ ކުންފުނިން ފޯރުކޮށްދޭނެ އެވެ. އެ ހިދުމަތް ދިނުމަށް، މާލީ އެހީތެރިކަން ފޯރުކޮށްދޭ އަދަދުގެ %5 އިންކިއުބޭޝަން ފީގެ ގޮތުގައި ނެގޭނެ ކަމަށް ބީސީސީން ބުނެފައި ވެއެވެ.

https://int.etukuri.mv/
tel:+9607331319