logo

ރާއްޖެއާއި ސަޢޫދީގެ ވިޔަފާރިތަކުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާކޮށްފި

profile

ޝާމާ ޝުޢައިބު - 03 އޮކްޓޯބަރު 2024 - 10:45

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަލްމުންޝާތުގެ ގަވަރުނަރާ ބައްދަލު ކުރެއްވުން

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އަލްމުންޝާތުގެ ގަވަރުނަރާ ބައްދަލު ކުރެއްވުން

ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި ސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސަޢޫދީޢަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި "އަލްމުންޝާތު" (ސަޢުދީ އަރަބިއްޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ގުޅޭ އޮތޯރިޓީ) އަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ޒިޔާރަތުގައި އެ އޮތޯރިޓީގެ ގަވަރުނަރާ ބައްދަލުކުރައްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަލްމުންޝާތުން ދެމުންގެންދާ އެހީތެރިކަމުގެ މަޢުލޫމާތު ގަވަރުނަރު ދެއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިފަދަ ވިޔަފާރިތަކާއި ސަޢޫދީޢަރަބިއްޔާގެ ވިޔަފާރިތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއިމެދު ވެސް މަޝްވަރާ ކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އާމްދަނީ ހޯދުމަށް ކްރިއޭޓިވް މަސައްކަތްކުރާ ވަކިވަކި ފަރުދުންގެ އުފެއްދުންތެރިކަމާއި މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރޭގައި ކްރިއޭޓިވް އިންޑަސްޓްރީއެއް ޤާއިމްކުރުމަށްޓަކައި ފަސް އަހަރުގެ އިސްތިރާޖެއް ސަރުކާރުން މިހާރު ވަނީ އެކުލަވާލާފައެވެ.

https://int.etukuri.mv/
tel:+9607331319