logo

ޣައްޒާއާއި ލުބުނާނުގައި ހިންގާ އުދުވާނު ވަގުތުން ހުއްޓާލުމަށް މުޙައްމަދު ބިން ސަލްމާން ގޮވާލައްވައިފި

profile

ސައިފް އަޒުހަރު - 11 ނޮވެމްބަރު 2024 - 18:40

ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން:

ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން:

ޣައްޒާއާއި ލުބުނާނުގައި އިސްރާއީލުން ހިންގާ އުދުވާނު ވަގުތުން ހުއްޓާލުމަށް ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ގޮވާލައްވައިފިއެވެ.

މުޙައްމަދު ބިން ސަލްމާން މިކަމަށް ގޮވާލެއްވީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި މީގެ ކުޑަ އިރުކޮޅެއްކުރިން ފެށި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓު ހުޅުއްވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އަރަބި އަދި އިސްލާމީ އެތައް ގައުމެއްގެ އެންމެ އިސްވެރިން މި ސަމިޓުގައި ބައިވެރިވެވަޑައި ގަންނަވައެވެ.

މި ސަމިޓުގެ މައިގަނޑު މަގްސަދަކީ، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

ސަމިޓު ހުޅުއްވައި ދެއްވަމުން ސައުދީ އަރަބިއްޔާގެ ހުރިހާކަމެއް އިސްވެ ބަލަހައްޓަވާ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބޮން ސަލްމާން ވިދާޅުވީ، ކުށެއްނެތް އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިނގަމުން ގެންދާ ޖަރީމާތަކާއި، އަދި މާތްވެގެންވާ މަސްޖިދުލް އަޤްސާގެ ހުރުމަތް ކެނޑުމަށް އިސްރާއީލުން ހިންގާ އަމަލުތަކަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ކުރަމުންދާ ހުރިހާ މަސައްކަތްތަކަށް ބުރޫއަރަމުންދާ އަމަލުތަކެއް ކަމަށެވެ.

މުޙައްމަދު ބިން ސަލްމާންގެ ވާހަކަފުޅުގައި، ޣައްޒާގެ އިތުރުން، ހުޅަނގު އައްސޭރީގެ ރަށްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް، ފަލަސްތީނު ރެފިއުޖީ އޭޖެންސީ އަންރްވާއިން ކުރަމުންދާ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާ މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.

"ފަލަސްތީނުގެ ރަށްތަކުގައާއި، ލުބުނާނުގައި އިސްރާއީލުން ހިންގަމުންގެންދާ އުދުވާނުތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން" މުޙައްމަދު ބިން ސަލްމާން

https://wamco.com.mv/
tel:+9607331319