logo

އަސާސީ މުހިންމު އުމްރާނީ ކަންކަން ފުއްދުމަށް އިސްކަންދެން: ވަޒީރު ސައީދު

profile

އާމިނަތު ޝަފާ - 08 އޯގަސްޓު 2024 - 08:00

ވަޒީރު ސައީދު

ވަޒީރު ސައީދު

ރާއްޖެެއަށް ބޭނުންވާ އަސާސީ މުހިންމު އުމްރާނީ ތަރައްގީގެ ކަންކަން ފުއްދުމަށް އިސްކަންދެމުން އަންނަކަމަށް ޢިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިޔާބެހޭ ވުޒާރާގެ ވަޒީރު، އަލްފާޟިލް މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ މޯލްޑިވްސް-ސިޗުއާން ޓްރޭޑް އެންޑް އިންވެސްޓްމަންޓް ކޯޕަރޭޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެއާއި ޗައިނާގެ ސިޗުއާން ޕްރޮވިންސްއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ.

މި ރަސްމިއްޔާތުގައި ޢިޤްތިޞާދީ ވަޒީރު ސަޢީދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވަރުގަދަ ގުޅުމާއި އެކުވެރިކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުން އެކުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ދާއިރާތަކަށް އަލިއަޅުއްވާލެއްވިއެވެ.

މިގޮތުން، ވަޒީރު ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ ތސައްވުރަކީ އިޤްތިޞާދީ އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ތަފާތު ދާއިރާތަކުގެ މައްޗަށް ބިނާވެފައިވާ އިޤްތިޞާދެއް އުފެއްދުންކަމަށެވެ. އަދި މި ވިޝަން ހާސިލުކުރުމަށްޓަކައި ސަރުކާރުން އަސާސީ ސްޓްރެޓެޖިކް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. މީގެ ތެރޭގައި އެއަރޕޯޓް އިކޮނޮމިކް ޒޯން ތަރައްޤީކުރުމާއި މައި ބަނދަރު އަލުން ތަރައްޤީކުރުމާއި އަދި ކާބޯތަކެތީގެ ރައްކާތެރިކަމަށް އަމާޒުކޮށްގެން ދަނޑުވެރިކަމުގެ އިޤްތިޞާދީ ސަރަޙައްދު ތަރައްޤީކުރުން ހިމެނޭކަމަށެވެ.

މީގެ އިތުރުން، ސަރަޙައްދުގައި ދިވެހިރާއްޖެއަކީ ބައިނަލްއަޤްވާމީ ބަންކަރިންގ ހަބަކަށް ހެދުމަށާއި، ޒަމާނީ މާލީ އުފެއްދުންތައް ކުރިއެރުވޭނެ ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ދިވެހިރާއްޖެ ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ.

ވަޒީރު ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 އެމްއޯޔޫގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށްޓަކައި ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) އެކްޓިވޭޓްކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ލޯކަލް ކަރަންސީ ސެޓްލްމަންޓްގެ ނިޒާމެއް ޤާއިމުކުރުމަށް ޕީޕަލްސް ބޭންކް އޮފް ޗައިނާއާއި ރާއްޖެއާ ދެމެދު ފެށިފައިވާ މަޝްވަރާތަކަށްވެސް ވަޒީރު ސަޢީދު އަލިއަޅުއްވާލެއްވިއެވެ. މި މަޝްވަރާތަކަކީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރަށް ފުޅާކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

tel:+9607331319