logo

ޗައިނާއާ އެކު ހެދި އެއްބާސްވުމާ އެކު ރާއްޖޭގެ ޓޫރިޒަމް ކުރިއަރާނެ: މިނިސްޓަރު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 14 ސެޕްޓެމްބަރު 2024 - 19:55

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓުގައި ފަތުރުވެރިންތަކެއް

ޗައިނާއާއެކު ދިވެހި ސަރުކާރުން އިއްޔެ ސޮއިކުރި އެއްބަސްވުމާ އެކު ރާއްޖޭގެ ޓޫރިޒަމް ކުރިއަރައިގެންދާނެ ކަމަށް ޓުރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އިއްޔެ ސޮއިކުރެވުނު އެމްއޯޔޫއާ އެކު ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރި ކުރުމާއި އިންވެސްޓުކުރުން ފަސޭހަވާނެ ގޮތަށް ފައިސާގެ އޮނިގަނޑު ހަރުދަނާ ކޮށް، ދިވެހި ރުފިޔާ އިން އިންވެސްޓްކޮށް، ކަރަންޓު އެކައުންޓުން ސެޓްލްމެންޓް ހެދުމަށް ބާރު އެޅިގެންދާނެ އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ފައިސަލް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އެއްބަސްވުމާއެކު ޗައިނާ ފަތުރުވެރިންނަށް ފައިސާ ދައްކަން ފަސޭހަވެފެންދާނެ ކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެއާއެކު އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތް ވެސް ކުރިއަރައިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ އިން ނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޗައިނާ އިން 204،258 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެ އެވެ.

tel:+9607331319