logo

"ސައުތު ޗައިނާ ސީ" ގައި ޗައިނާ އާއި، ފިލިޕީންސާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފި

profile

ސައިފް އަޒުހަރު - 25 އޯގަސްޓު 2024 - 20:37

ިލިޕީންސް ބިއުރޯ އޮފް ފިޝަރީޒްގެ އުޅަނދަށް ޗައިނާ ކޯސްޓް ގާރޑުން ހުރަސްއަޅަނީ:

ިލިޕީންސް ބިއުރޯ އޮފް ފިޝަރީޒްގެ އުޅަނދަށް ޗައިނާ ކޯސްޓް ގާރޑުން ހުރަސްއަޅަނީ:

ހަތަރު ފަސް ގައުމުގެ މެދުގައި މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ "ސައުތު ޗައިނާ ސީ" ގައި ޗައިނާ ސިފައިންނާއި، ފިލިޕީންސާ ދެމެދު ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

ކުރިމަތިލުންތައް ހިނގީ، ފިލިޕީންސުން ބުނާގޮތުގައި، ސައުތު ޗައިނާ ކަނޑުގެ ސަރަހައްދުގައި ރީސަޕްލައި މިޝަންއެއް ކުރިއަށްދަނިކޮށް ޗައިނާ ސިފައިން އެކަމަށް ހުރަސް އެޅުމުން ކަމަށެވެ.

އެ މިޝަންއަކީ ފިލިޕީންސްގެ މަސްވެރިންނަށް ކާބޯތަކެއްޗާއި، ތެލާއި އަދި ބޭސް ފޯރުކޮށްދިނުމަށް ފިލިޕީންސް ބިއުރޯ އޮފް ފިޝަރީޒްއިން ކުރިއަށް ގެންދިޔަ މިޝަންއެކެވެ.

ފިލިޕީންސުން ބުނެފައިވަނީ، ޗައިނާ ސިފައިން ފިލިޕީންސްގެ އުޅަނދަށް ހުރަސްއެޅުމަށް ކަންކޮށްފައިވަނީ ވަރަށް އަނިޔާވެރި އަދި ނުރައްކާތެރި ބީދައަކުން ކަމަށެވެ.

ޗައިނާ ކޯސްޓް ގާރޑުން ބުނެފައިވަނީ، ޗައިނާގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަން އުޅަނދެއް ހުއްޓުވައި ފިޔަވަޅު އެޅީ، ތަކުރާރުކޮށް ޗައިނާގެ މަނަވަރުތަކާ ދިމާއަށް އަންނަން ފެށުމުން ކަމަށެވެ.

ފިލިޕީންސް ސައުތު ޗައިނާ ސީ ޓާސްކް ފޯހުން ބުނެފައިވަނީ، ޗައިނާގެ މަނަވަރު އައިސް ފިލިޕީންސް ބިއުރޯ އޮފް ފިޝަރީޒްގެ ބޯޓުގައި ޖެއްސުމަށްފަހު ޕްރެޝަރުގައި ފެންވެސް ޖެހި ކަމަށެވެ.

"ސައުތު ޗައިނާ ސީ" ގައި ޗައިނާ ސިފައިންނާއި، ފިލިޕީންސް ސިފައިންނާ ދެމެދު މިފަހުން އެއްގަމާއި، ވައިގެ މަގުންވެސް ކުރިމަތިލުންތަކެއް ހިނގާފައި ވެއެވެ. ޖޫންމަހުވެސް ވަރުގަދަ ކުރިމަތިލުމެއް ހިނގައި ފިލިޕީންސް މީހެއްގެ އެއް އިނގިލިވެސް ބުރިވިއެވެ.

ދެގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގައި، މަސްރަހް ހޫނުވަމުން މިދަނީ، ޚިޔާލު ތަފާތުވުންތައް ހައްލުކުރަން ދެގައުމުގެ ދެމެދުގައި އަލުން އިތުބާރު އުފެއްދުމަށް މަސައްކަތް ކުރެވެމުންދާ ދަނޑިވަޅެއްގައިވެސް މެއެވެ.

މުޅި "ސައުތު ޗައިނާ ސީ" ގެ މިލްކުވެރިކަމަށް ޗައިނާއިން ދައުވާ ކުރެއެވެ. އަދި އެ ކަނޑު ރައްކާތެރި ކުރުމަށް ކަމަށްބުނެ ޗައިނާއިން ހަނގުރާމަމަތީ މަނަވަރުތައްވެސް އެ ކަނޑަށް ފޮނުވާފައި ވެއެވެ.

އެހެން ނަމަވެސް، ސައުތު ޗައިނާ ސީގެ ބައެއް ސަރަހައްދުޔަކަށް ފިލިޕީންސް، ޓައިވާން، މެލޭޝިޔާ، އިންޑޮނޭޝިޔާ، ވިއެޓްނާމް އަދި ބުރޫނާއީންވެސް ދައުވާ ކުރެއެވެ.

ސައުތު ޗައިނާ ސީގެ މިލްކުވެރިކަމުގެ މައްސަލަ ފިޕިލީންސުން އިންޓަރނޭޝަނަލް އާރިބިޓްރޭޝަން ޓްރައިބިއުނަލްއަށް ހުށަހެޅުމުން، މައްސަލަ ބެލުމަށްފަހު ހުކުމް ކޮށްފައިވަނީ، ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން ޗައިނާއިން ސައުތު ޗައިނާ ސީގެ މައްޗަށް ކުރާ މިލްކުވެރިކަމުގެ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

އެކަމަކު، ކޯޓުގެ ނިންމުމާ ޗައިނާވަނީ ދެކޮޅު ހަދާފައެވެ.

tel:+9607331319