
ގދ. ތިނަދޫ ފެން ހިންދާ ނިޒާމު ހަވާލުކުރުން--- ފޮޓޯ: އެންވާރަމަންޓް މިނިސްޓްރީ
ގދ. ތިނަދޫ ފެން ހިންދާ ނިޒާމު ގާއިމްކޮށް، ސިޓީ ކައުންސިލާ ހަވާލުކޮށްފި

ޝުރުފާ މުހައްމަދު - 21 ޖުލައި 2024 - 13:30
ގދ. ތިނަދޫ މަގުތަކުގައި ފެންބޮޑުވަ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ގާއިމްކުރި، ފެން ހިންދާ ނިޒާމު ތިނަދޫ ސިޓީ ކައުންސިލާ ހަވާލުކޮށްފިއެވެ.
ފެން ހިންދާ ނިޒާމު ހަވާލުކުރުމަށް މިއަދު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ތޯރިގު އިބްރާހީމެވެ. އަދި ތިނަދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ގދ. ތިނަދޫ ސިޓީގެ މޭޔަރ ސައުދު އަލީއެވެ.
އެ މަޝްރޫއުގެ ދަށުން ރަށުގައި 5,262.81 މީޓަރުގެ އަކުއާ ސެލް ނެޓްވޯކް އަކާއި 9,562.36 މީޓަރުގެ އެޗްޑީޕީއީ ޕައިޕްގެ ނެޓްވޯކެއް ވަނީ އަޅާފައެވެ. އަދި 08 ޕަންޕް ސްޓޭޝަން އާއި 08 ސީ-އައުޓްފޯލެއް ވަނީ ގާއިމްކޮށްފައެވެ.
ތިނަދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ ރަށުގެ ރައްޔިތުން އުފުލަމުންދިޔަ ތަކުލީފުތަކަށް ހައްލެއް ހޯދައިދީ، އެފަދަ ކާރިސާތަކުން ރަށަށް ލިބޭ ގެއްލުންތައް މަދުކުރުން ކަމަށް މި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު، މިނިސްޓަރ ތޯރިގު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ގދ.ތިނަދޫ އަކީ ޒަމާނުންސުރެ ރަށުގައި ފެންބޮޑުވުމުގެ މައްސަލަ ދިމާވާ ރަށެއްކަމާއި، މެދުނުކެނޑި ބޯކޮށް ވާރޭވެހުމުން މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ހިނގާބިނގާވެ އުޅޭ އާންމުންނާއި، ސްކޫލަށްދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހޭކަމަށެވެ. އަދި އާންމުންގެ މުދަލަށާއި، ގޯތިގެދޮރަށަށް ތަފާތު އެކި ގެއްލުންތައް ލިބި، ރަށުގެ މަގުތަށް ޗަކަވެ މީހުންނާއި ދުއްވާ އުޅަދުތަކަށް އެތަށް އުނދަގުލެއް ދިމާވާކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ މި މަޝްރޫޢުން އާއްމުންނަށް ލިބިގެންދާނެ ފަސޭހަކަތަކަށް އަލިއަޅުވާލައްވާފައެވެ.
ގދ.ތިނަދޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް އާންމުކޮށް ބީލަމަށް ހުށަހަޅާ އުސޫލުންނެވެ. އަދި މި ޕްރޮޖެކްޓްގެ ސުޕަވިޒަން ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ރިއަން ޕވޓ ލޓޑ އިންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން