logo

ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް ރާއްޖެއިން މަސައްކަތް ކުރަންޖެހޭ: ޑރ. ކިނާނަތު

profile

ޝާމާ ޝުޢައިބު - 11 އޮކްޓޯބަރު 2024 - 17:50

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު

ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތައް ދިވެހިރާއްޖެއިން ވެސް ކުރަންޖެހޭ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ސައިބަރ ސެކިއުރިޓީ އާއި ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭގޮތުން ބޭއްވި ސިމްޕޯސިމްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ، މި ސިމްޕޯޒިއަމްގަ ސަރުކާރުގެ އެކި މުއައްސަސާތަކުން ބައިވެރިވި ކަމަށާއި އެގޮތުން ޓެކްނިލަކް ބޭފުޅުންނާއި ނޮން ޓެކްނިކަލް ބޭފުޅުން މި ހަރަކާތުގައި ބައިވެރިވި ކަމަށެވެ.

ސައިބަރ ސެކިއުރިޓީގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ ސައިބަރ ސެކިއުރިޓީ ތްރެޓް ލެވެލް ހުރީ ނުހަނު ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރަމުން ގެންދާ މަސައްކަތްތައް ރާއްޖެއިން ވެސް ކުރަންޖެހޭ ކަމަށެވެ.

އަޅުގަނޑުމެން ވަކިން ޚައްސަކޮށް ބޭނުންވީ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ މުހިންމު ކަމުގެ ވާހަކަ ދައްކަން، އަދި ވަކިން ޚާއްސަކޮށް ދުނިޔޭގެ ކޮންޓެކްސްޓްގަ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ގޮސްފަވާ ހިސާބާއި އަދި އޭގެ އިތުރުން ރާއްޖޭގަވެސް ކުރިއަށްއޮތް ތަނުގަ އޭއައި ބޭނުންކޮށްގެންނޭ ސިސްޓަމްތައްވެސް ޑިޒައިންކުރެވެން ޖެހޭނީ، - ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު

އެއީ އެކަމުގެ ނުރައްކާ އޮތުމުން ކަމަށާއި އެކި ނަންނަމުގަ ކުރިއަށް އޮތްތަނުގަ މިފަދަ ސިމްޕޯޒިއަމްތައް ބާއްވާނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.

ޑރ. ކިނާނަތު ވިދާޅުވީ އެންސީއައިޓީން އޭއައިއާ ބެހޭ ހޭލުންތެރި ޕްރޮގްރާމުތައް ހިންގުމާއި އޭއައިގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރުގެ މަހަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާމެދު ހޭލުންތެރިކުރުވުމަށް ފާހަގަކުރާ މަހެވެ. މި މަސްތެރޭ ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލަޖީން ވަނީ ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާއި ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުވުމަށް ސިމްޕޯޒިއަމްއެއް ކުރިއަށް ގެންގޮސްފައެވެ. މިއީ އެންސީއައިޓިން މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔަ ތިން ވަނަ ފަހަރެވެ.

މި ސިމްޕޯޒިއަމްގެ ފުރަތަމަ ތިން ދުވަހު ވަނީ އާރޓިފިޝަލް އިންޓަލެޖެންސް އަދި ސްމާޓް ޓެކްނޮލަޖީއަށް ދޭ އަހައްމިޔަތުގެ މައްޗަށް މަޢުލޫމާތު ހިއްސާކޮށްފައެވެ. މި އަހަރުގެ ސިމްޕޯޒިއަމް އަމާޒުކޮށްފައިވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކާއި، ޢާންމު ރައްޔިތުންނަށެވެ.

https://wamco.com.mv/
tel:+9607331319