logo

ހިޒްބުﷲއިން ދޫނުދޭ، އިސްރާއީލުގެ ތެލް އަވީވުން ބާރުގަދަ ގޮވުންތަކެއް

profile

ސައިފް އަޒުހަރު - 28 ސެޕްޓެމްބަރު 2024 - 13:35

އިސްރާއީލުގެ ތެލް އަވީވުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ ބައެއް ނޫސްތަކުން ވެސްވަނީ މިކަން ރިޕޯޓް ކޮށްފައެވެ.

ހިޒްބުﷲއިން ފޮނުވާލި އެތައް ރޮކެޓާއި، މިސައިލްތަކާއެކު ތެލް އަވީވްގެ އިރުމަތީ ފަޅިންނާއި، ހައިފާއިން އިންޒާރުގެ ރަނގަބީލުގެ އަޑު ނުކެނޑެއެވެ. ބާރުގަދަ ގޮވުންތައް ދަނީ ގޮވަމުންނެވެ.

ލުބުނާނުގެ ތެރެއިން ފޮނުވާލި ބެލިސްޓިކް މިސައިލެއް ތެލް އަވީވްގެ މެދުތެރޭގެ ތަނަކަށް އަމާޒުވެ ގޮވައިގެންދާ މަންޒަރު ފެންނަ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިސްރާއީލުގެ ޓީވީއަކުން ބުނެފައިވަނީ، ތެލް އަވީވުން ބާރުގަދަ 3 ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށެވެ.

ލުބުނާނުގެ ތެރެއިން އައި އެހެން މިސައިލެއް، ތެލް އަވީވްގެ އާންމު މައިދާނަކަށް ވެއްޓިފައިވާކަން އިސްރާއީލު ސިފައިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ހަމަ އެއާއެކު، ލުބުނާނުގެ ތެރެއިން ފޮނުވާލި ރޮކެޓްތަކުން ބައެއް، އަޔަން ޑޯމްއަށް ވައްޓާ ނުލެވުނު ކަމަށްވެސް އެއްބަސް ވެފައި ވެއެވެ. ނަމަވެސް، ހަނގުރާމައިގައި ލިބޭ ގެއްލުންތައް ސިއްރުކުރާތީ މިއަދު ލިބުނު ގެއްލުން ހާމަކޮށްފައެއް ނުވެއެވެ.

އިސްރާއީލުގެ އުދުވާނީ ސިފައިން، ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ރެއާއި އަދި މިއަދުވެސް ދެމުންގެންދާ ވައިގެ ހަމަލާތަކުގެ ރައްދުގައި ހިޒްބުﷲއިން ވެސް ގެންދަނީ އިސްރާއީލަށް މިސައިލާއި ރޮކެޓުން ހަމަލާތައް ދެމުންނެވެ.

ހިޒްބުﷲގެ ޓެލެގްރާމް ޗެނަލްއިން ވަނީ މިކަން ކަށަވަރުކޮށް ދީފައެވެ.

ފަލަސްތީނުގެ ޣައްޒާއާއި، ހުޅަނގު އައްސޭރި އަދި މިހާރު ލުބުނާނުގައި ޒަޔަނިސްޓު އިސްރާއީލުން ހިންގަމުންގެންދާ ޖަރީމާތަކުގެ ރައްދުގައި ހިޒްބުﷲގެ އިތުރުން، ޔަމަނުގެ ހޫޘީން އަދި އިރާގުގެ ތެރެއިންވެސް އިއްޔެވަނީ އިސްރާއީލަށް މިސައިލް ހަމަލާތައް ފޮނުވާލާފައެވެ.

ޔަމަނުގެ ތެރެއިން ފޮނުވާލި މިސައިލްތައް، ސަރަހައްދުގައި އޮތް އެމެރިކާގެ މަނަވަރު ގާފިލާއިން ވައްޓާލާފައިވާ ކަމަށް އެމެރިކާއިން އިއްޔެ ބުނެފައި ވެއެވެ.

ހިޒްބުﷲއިން އިއްޔެ ބުނެފައިވަނީ، ލުބުނާނަށް ހަމަލާދިނަސް، އިސްރާއީލުން ޣައްޒާގައި ހިންގާ އުދުވާނު ހުއްޓާނުލާހާ ހިނދަކު އިސްރާއީލަށް ހަމަލާދިނުން ހުއްޓާނުލާނޭ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319