logo

ނަތަންޔާހޫ ނިއުޔޯކްގައި، އޭނާ ހުންނަ ހޮޓާ ކައިރީގައި ވަރުގަދަ މުޒާހަރާތަކެއް

profile

ސައިފް އަޒުހަރު - 27 ސެޕްޓެމްބަރު 2024 - 17:06

ނަޔަންޔާހޫ ނިއުޔޯކްގައި ހުންނަ ހޮޓާ ކައިރީގައި އިއްޔެ ފެށި މުޒާހަރާ: ރެއާއި މިއަދުވެސް މުޒާހަރާ ހުއްޓާނުލާ ކުރިއަށް އެބަދޭ. އާންމުން ގެންދަނީ މުޖުރިމު ނަތަންޔާހޫ ވަގުތުން ހައްޔަރުކުރަން ގޮވާލަމުން

ނަޔަންޔާހޫ ނިއުޔޯކްގައި ހުންނަ ހޮޓާ ކައިރީގައި އިއްޔެ ފެށި މުޒާހަރާ: ރެއާއި މިއަދުވެސް މުޒާހަރާ ހުއްޓާނުލާ ކުރިއަށް އެބަދޭ. އާންމުން ގެންދަނީ މުޖުރިމު ނަތަންޔާހޫ ވަގުތުން ހައްޔަރުކުރަން ގޮވާލަމުން

އިސްރާއީލުގެ އަނިޔާވެރި ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ނިއުޔޯކްގައި ހުރި ހޮޓާ ކައިރީގައި ވަރުގަދަ މުޒާހަރާކެއް ކުރަމުން އެބަގެންދެއެވެ.

ފަލަސްތީނަށް ތާއީދުކުރާ އެތައްހާސް ބަޔަކު ރެއިން ފެށިގެން ގެންދަނީ، ނިއުޔޯކްގައި ނަތަންޔާހޫ ހުންނަ ހޮޓާ ކުރިމައްޗަށާއި، އެހިސާބުގެ މަގުތަކަށް އެއްވެ، ޣައްޒާއާ ދެކޮޅަށް އޭނާ ހިންގަމުންގެންދާ އުދުވާނާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އަދި މުޖުރިމު ނަތަންޔާހޫ ވަގުތުން ހައްޔަރު ކުރުމަށްވެސް ގެންދަނީ ގޮވާލަމުންނެވެ.

ނަތަންޔާހޫ ހުންނަ ހޮޓަލުގެ ވަށައިގެން ފުލުހުން ތިބި އިރު، މުޒާހަރާކުރާ މީހުންގެ ބޯމަތިން ގެންދަނީ ޑްރޯން އުދުއްސަމުންނެވެ.

އަދި ދުރުގައި ފުލުހުންގެ ބަސްތައް އަތުރާފައި ހުރިއިރު، މިއީ އެއްފަހަރާ ގިނަ ބަޔަކު ހައްޔަރު ކުރަން ވެފައިވާ ތައްޔާރީއެއް ކަމަށް މުރާސިލުން ބުނެއެވެ.

ނަތަންޔާހޫ ނިއުޔޯކަށް ގޮސްގެން މި އުޅެނީ، މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގްރީރު ކުރުމަށެވެ. އޭނާ ވާހަކަ ދައްކާނީ މިރޭ ވަގުތެއްގައި ކަމަށް ވެއެވެ.

ނަތަންޔާހޫ ނިއުޔޯކަށް މިދިޔައީ، ލުބުނާނަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ސިފައިންނަށް އިރުޝާދު ދިނުމަށް ފަހުގައެވެ.

ނަތަންޔާހޫ ބުނެފައިވަނީ، ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލު ސިފައިން ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާނެ ކަމަށާއި، އިތުރަށް ވަރުގަދަކުރާނެ ކަމަށެވެ.

އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތައް 21 ދުވަހަށް ހުއްޓާލަން ބައިނަލްއަގްވާމީ މުޖުތަމައުން ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، އެއަށް އަމަލުކުރަން އިސްރާއީލު އެއްބަހެއް ނުވެއެވެ.

އިސްރާއީލުން ގެންދަނީ، ހުއްޓާނުލާ ލުބުނާނުގެ ދެކުނަށާއި، އިރުމައްޗަށް އަދި ސޫރިޔާއާއި ލުބުނާނު ވަކިކުރާ އިމަށްވެސް ވަރުގަދައަށް ވައިގެ ހަމަލާތައް ދެމުންނެވެ.

މިއަދު ހެނދުނު ދިން ހަމަލާތަކުގައި އެކަނިވެސް 25 މީހުން މަރުވެފައި ވެއެވެ. ހޯމަދުވަހުން ފެށިގެން މިހާތަނަށް 700 އަށްވުރެ ގިނަމީހުން މަރުވެފައި ވެއެވެ. އަދި 5،000 އަށްވުރެ ގިނަމީހުން ޒަޚަމްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ވެއެވެ.

ލުބުނާނަށް ބޮންއަޅަމުން ގެންދާއިރު، ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގާ އުދުވާނުތަކަށްވެސް ކުޑަވެސް މަޑުޖެހުމެއް ނުގެނެއެވެ.

https://int.etukuri.mv/
tel:+9607331319