logo

އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން އުފައްދައިފި

profile

ޝުރުފާ މުހައްމަދު - 06 އޮކްޓޯބަރު 2024 - 14:36

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް---

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް---

އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަން އުފައްދާ އެ ޑިވިޝަނަށް މެމްބަރުން އައްޔަންކޮށްފި އެވެ.

https://wamco.com.mv/

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގެ ދަށުން އެ ޑިވިޝަނަށް 10 މެމްބަރުން ވަނީ އައްޔަންކޮށްފަ އެވެ. އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން އެ ގާނޫނު އެ ދުވަހު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.

ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން އެ ބޯޑުގައި ވަޒީފާދޭ ފަރާތްތައް ތަމްސީލްކުރާ 4 މެމްބަރުން ވަނި އައްޔަންކޮށްފަ އެވެ. އެއީ:

  1. ފާތިމަތު ޖޫނީ ލަތީފް
  2. އައްސަދު އަލީ
  3. އިޔާޒް ވަހީދު
  4. އާމިނަތު މިރުފަތު އަހުމަދު

މި ބޯޑުގައި މަސައްކަތްތެރިން ތަމްސީލްކުރަނީ 6 މެމްބަރުންނެވެ. އެއީ:

  1. ފަޒްލޫން ހަމީދު
  2. އަލްއުސްތާޒާ މަރިޔަމް އިނާޝާ
  3. އައިޝަތު މަހާރަތު
  4. އަހުމަދު ޝިމާހު
  5. އައިޝަތު އަލީ

  1. އާތިފް އަބްދުލްހަކީމް

އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ގާނޫނުގައި، މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގު ކަށަވަރުކުރުމަށް ކުރާނެ ކަންކަން ބަޔާންކޮށްފައިވެ އެވެ. އަދި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް ހިމަނާފައިވެ އެވެ.

https://etukuri.mv/
tel:+9607331319