logo

ބީއެމްއެލް އިން ކ. ގާފަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

profile

އައިޝަތު އިނާޝާ - 09 އޮކްޓޯބަރު 2024 - 13:16

ގާފަރުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް

ގާފަރުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް

ބޭންކް އޮފް މޯލްޑިވްސް އިން ކ. ގާފަރުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އަލަށް ހުޅުވި އޭޓީމީއެމް ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗަރޖް އޮފް ދަ ބޭންކް ޢާއިޝަތު ނޫރައްދީން ވިދާޅުވީ، ގާފަރުގައި އަލަށް މި ހުޅުވި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރަކީ ކަސްޓަމަރުން ބޭނުންވާފަދަ ބޭންކިންގ ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މިސާލެއް ކަމަށެވެ.

ގާފަރުގައި މި ފެށުނު އޭޓީއެމް ޚިދުމަތާއެކު ކާފު އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމްކޮށްފައިވާ 2 ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު 6 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފަ: ޢާއިޝަތު ނޫރައްދީން

ބީއެމްއެލް އިން ބުނިގޮތުގައި މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 89 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.


https://int.etukuri.mv/
tel:+9607331319