logo

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

profile

އައިޝަތު އިނާޝާ - 15 އޮކްޓޯބަރު 2024 - 19:37

BML

BML

ބޭންކް އޮފް މޯލްޑިވްސް ތައާރަފްކޮށްފައިވާ ސްކޮލަޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްކޮލަރޝިޕް ފަންޑަކީ ރާއްޖޭގެ ބޭންކިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ހުނަރުވެރި ޒުވާން ދިވެހިން އުފެއްދުމުގެ މަޤްޞަދުގައި ފަންޑުކޮށްގެން ހިންގާ މެރިޓް ބޭސްޑް އިންޓަރނޭޝަނަލް ސްކޮލަރޝިޕެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހަޅާލެވޭ 3 ވަނަ އަހަރެވެ.

މި ފަންޑަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު 10 ނޮވެންބަރު 2024 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

މި އަހަރުވެސް ސްކޮލަރޝިޕްގެ ދަށުން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު 3 ދަރިވަރުންނަށް ލިބޭނެއެވެ. މިގޮތުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ހަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ހަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ކަނޑައަޅާފައިކަމަށްވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލް ސްކޮލަރޝޕްގެ ދަށުން ރާއްޖެއިން ބޭރުގައި މިވަގުތު 6 ދަރިވަރަކު ދަނީ މަތީ ތައުލީމް ހާސިލްކުރަމުންނެވެ.

މީގެ އިތުރުން އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލް އިން ވަނީ ބީއެމްއެލް ސްޓާޓަޕް ގްރާންޓް 2024 އަށް ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާ އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެއެވެ. އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެއެވެ.

ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމަށް 17 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހެޅަން ޖެހޭނެއެވެ.

https://wamco.com.mv/
tel:+9607331319