logo

އެމެރިކަން އެކްސްޕްރެސް އާއި ބީއެމްއެލްގެ ގުޅުމަށް 20 އަހަރު

profile

އާމިނަތު ޝަފާ - 23 ސެޕްޓެމްބަރު 2024 - 12:30

އެމެރިކަން އެކްސްޕްރެސް އާއި ބީއެމްއެލްގެ ގުޅުމަށް 20 އަހަރު ވަނީ ވެފައި

އެމެރިކަން އެކްސްޕްރެސް އާއި ބީއެމްއެލްގެ ގުޅުމަށް 20 އަހަރު ވަނީ ވެފައި

ބޭންކް އޮފް މޯލްޑިވްސް އާއެކު ގާއިމްކޮށްފައިވާ އެކްސްކުލޫސިވް ޕާޓްނަރޝިޕްގެ ދަށުން އެމެރިކަން އެކްސްޕްރެސްގެ ހިދުމަތް ދިވެހިރާއްޖޭގައި ދެމުން އަންނަތާ 20 އަހަރު ފުރުން ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ބާއްވަން ފަށައިފިއެވެ.

މި ހަރަކާތްތައް ފެށިފައިވަނީ މިދިޔަ ޖުލައި މަހު ބޭއްވި އިވެންޓަކުންނެވެ.

ސިލްސިލާ ހަރަކާތްތަތަކުގެ ތެރެއިން މިއަދު އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑު މެންބަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލެވިފައިވާކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ. މި ޕްރޮމޯޝަނުގެ ދަށުން ކާޑު މެންބަރުން މަދުވެގެން 3،000 ރުފިޔާގެ ވިޔަފާރިކުރުމުން 20،000 ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ހޯދުމަށް ގުރުއަތެއްގައި ބައިވެރިވެވޭނެއެވެ. ފްލައިޓް ކާރު ނުވަތަ ހޮޓެލް ބުކް ކުރުމަށް ނުވަތަ ރާއްޖޭގެ ވިޔަފާރިތަކުންނާއި ނުވަތަ އެމެޒޯނ،ް އެޕަލް އަދި ސްޕޮޓިފައި ފަދަ ރާއްޖޭން ބޭރުގެ މަރޗަންޓްތަކުން ގިފްޓް ކާޑު ގަތުމަށްވެސް ބީއެމްއެލް ރިވޯޑް ޕޮއިންޓް ބޭނުންކުރެވޭނެކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ރީޓެއިލް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިންގ މޫސާ ނިމާލް ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އެމެރިކަން އެކްސްޕްރެސްގެ ފުރަތަމަ ކްރެޑިޓް ކާޑު ތައާރަފްކޮށް އަދި އެއަށްފަހު ދުނިޔޭގެ ފުރަތަމަ އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑު ބީއެމްއެލް އިން ތައާރަފްކުރެވުނުކަމީ ފަހުރެއް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ 20 އަހަރުގެ އެކްސްކްލޫސިވް ޕަރޓްނާޝިޕް އާއެކު އެމެރިކަން އެކްސްޕްރެސް އަކީ ދިވެހިންގެ މެދުގައި މަގުބޫލު އަދި އިތުބާރުކުރާ ބްރޭންޑެއް. އެމެރިކަން އެސްޕްރެސް އިން އަބަދުވެސް އަޅުގަނޑުމެންގެ ކާޑު މެންބަރުންނަށް ހާއްސަ އޮފަރތައް ފޯރުކޮށްދޭ. އަޅުގަނޑުމެން މިފަހުން ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށްފެތޭ ކްރެޑިޓް ކާޑު ވެފައިވަނީ އެކާޑުން ލިބޭ ހާއްސަ ފައިދާތަކާއެކު ކަސްޓަމަރުން ނުހަނު ބޮޑަށް ބޭނުންވާ ޕްރޮޓަކްޓަކަށް. " މޫސާ ނިމާލް

ބޭންކް އޮފް މޯލްޑިވްސް އަކީ 3،45،000 (ތިންލައްކަ ސާޅީސް ފަސްހާސް) އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށް ވުރެ ގިނަ މަރޗަންޓުންނާއެކު ރާއްޖޭގައި އެންމެ ގިނަ ކާޑު ދޫކުރާ އަދި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އަދި ހަމައެހެންމެ ބީއެމްއެލް އަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ އެކްސްކްލޫސިވް އިޝުއަރ އަދި މަރޗަންޓް އެކުއަރިންގ ޕާރޓްނަރެވެ.

https://int.etukuri.mv/
tel:+9607331319