ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް 5 ޕަސަންޓަށް ކުޑަކުރަނީ
އަހުމަދު ޒަލީފު - 12 ޖެނުއަރީ 2023 - 20:33
ބީއެމްއެލްގެ ޗެއާޕާސަން، ޔޫޝައު ސައީދު. --- ފޮޓޯ: ބީއެމްއެލް
ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް 5 % އަށް ކުޑަ ކުރަން ނިންމާފައިވާކަން ބީއެމްއެލް އިން ހާމަކޮށްފިއެވެ.
ބީއެމްއެލްއަށް 40 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ބޭންކުގެ ޗެއާޕާސަން، ޔޫޝައު ސައީދު ވިދާޅުވީ، ހަފްލާގައި ކިޔަވާ ލޯނުގެ އިންޓަރެސްޓު ރޭޓަށް ބަދަލު ގެންނަން ނިންމީ ވަރަށް ގިނަ ބެލެނިވެރިންނާއި ކިޔަވާ ކުދިންގެ ފަރާތުން އެ ލޯނުގެ އިންޓަރެސްޓު ރޭޓު މުރާޖާ ކުރުމަށް އެދެމުން ދިޔުމުގެ ސަބަބުން ކަމަށެވެ.
އެ ބަދަލު ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ. މި ދިގު މުއްދަތަކަށް ބަހާލައިގެން ނުވަތަ ކިޔަވާ ނިމިގެން އަނބުރާ ފައިސާ ދެއްކޭގޮތަށް ދޫކުރާ މި ލޯން 2021 ވަނަ އަހަރު ވެސް ކުޑަކޮށްފައިވެއެވެ. އޭރު ކުޑަކޮށްފައި ވަނީ ނުވަ އިންސައްތައަށެވެ.
ރޭގެ ޙަފްލާގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް ދެ ފައުންޑަރުންނަށާއި، އެބޭންކަށް ދިގުމުއްދަތަކަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. އެފަރާތްތަކަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ބޭންކް އޮފް މޯލްޑިވްސް ހުޅުވުނީ، 1982ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން