logo

މި ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ދުވަހަށް ބީއެމްއެލް ގެ ބްރާންޗްތަކާއި ސަރވިސް ސެންޓަރުތައް ބަންދުވާނެ

profile

ޔޫޝައު ހަސަން - 26 ޑިސެމްބަރު 2022 - 06:02

ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް

އަހަރު ނިންމުމުގެ ގޮތުން ބޭންކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމަށް ޑިސެމްބަރުމަހުގެ 29 ން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލް ގެ ބްރާންޗްތަކާއި ސެލްފްސަރވިސް ސެޓަރުތައް ބަންދުކުރުމަށް ނިންމައިފިއެވެ. އަލުން ބޭންކްތަކުން ޚިދުމަތްތަތައް ދޭން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 2 ވަނަ ދުވަހުކަމަށް އެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

https://wamco.com.mv/

ބުރާސްފަތި ދުވަހު ބީއެމްއެލްގެ ބްރާންޗުތައް ބަންދު ކުރި ނަމަވެސް އޭޓީއެމް އާއި އޮންލައިން ކޮށް މޮބައިލް އެޕްލިކޭޝަން އާއި އިންޓަނެޓު ބެންކިން މެދުވެރިކޮށް ބީއެމްއެލްގެ ހިދުމަތްތައް ލިބޭނެ އެވެ.

މި މުއްދަތުގައި އިސްލާމީ ބޭންކުވެސް ބަންދުވާނެއެވެ.

ކޮންމެ އަހަރެއްގެވެސް ފަހުކޮޅަށް ބޭންކުތަކުން ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމުމުގެ ގޮތުން އަހަރުގެ ފަހު ހަފްތާގައި ބޭންކުތައް ބަންދުކުރަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

https://wamco.com.mv/
tel:+9607331319