logo

އެމްއެސްސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ބޮޑު ކާމިޔާބީއެއް: ވަޖީހު

profile

އައިޝަތު އިނާޝާ - 09 އޮކްޓޯބަރު 2024 - 12:45

އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޕީއެލް

އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޕީއެލް

މެޑިޓަރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެސް.ސީ)ގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ތަރައްގީގެ މަޝްރޫތަކަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ޝިޕިންލައިން ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމް.އެސް.ސީ)ގެ ދަތުރުތައް ދިވެހިރާއްޖެއަށް މިހާރު ވަނީ ފަށާފައެވެ.

އެމް.އެސް.ސީން ރާއްޖެއަށް އައި ފުރަތަމަ ބޯޓު ކަމަށްވާ “MSC MANASA F" ވަނީ އިއްޔެ މާލޭގައި ބަނދަރުކޮށްފައެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލްއިން ވަނީ އިއްޔެ ވޯޓަ ސެލިއުޓްއެއް ދީފައެވެ.

އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މިރަސްމިއްޔާތުގައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ އެމް.އެސް.ސީ ފަދަ ބޮޑު ލައިނާ އަކުން ރާއްޖެ މުދާ ގެނައުން ވެގެންދާނީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔަކަށް ކަމަށެވެ.

ރާއްޖެއަށް އަންނަން ޖެހޭ ކާގޯ ގައުމުތަކުގައި ނުގެނެވި ފުނި ޖެހިފައި ހުރިކަން ފާހަގަ ކުރަށްވަމުން ވަޖީހު ވިދާޅުވީ މިފަދަ ބޮޑު ލައިނާއަކުން މަސައްކަތް ފެށުމަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށާއި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ މި ޕޯޓު ތިލަފުށްޓަށް ބަދަލުކޮށްލަން. ތިލަފުށްޓަށް މި ޕޯޓު ބަދަލުކުރެވުނީމާ، މި ބޯޓުތައް މެކްސިމަމް 18 ގަޑި އިރުގެ ތެރޭގައި ހުސްކޮށްލެވޭނެ. މިހާރު އެބަނަގާ 6 ދުވަސް ވަރު ބޯޓު ހުސްކުރަން. 18 ގަޑިއިރުން ހުސަްކުރެވޭ ކަމަށްވަންޏާ ކޮންޓެއިނަރ ތަކަށް ދައްކަންޖެހޭ ޕްރައިޒް ކުޑަވެގެންދާނެ.: ވަޖީހު

ވަޖީހު ވިދާޅުވީ ކުރިޔަށް އޮތް ދެ ތިން އަހަރުގެ ތެރޭގައި ޕޯޓު ތިލަފުށްޓަށް ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަށްވާނެ ކަމަށެވެ.

ވަޖީހުގެ ވާހަކައިގައި އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ސެންޗޫރިއަން އިން ކުރި މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސީ.އީ.އޯ ވަޖީހް ފާހަގަކުރެއްވިއެވެ.

އެމް.އެސް.ސީގެ ފުރަތަމަ ބޯޓަށް މަރުހަބާ ކިއުމަށް އެމް.ޕީ.އެލް އާއި އެމް.އެސް.ސީގެ ލޯކަލް އޭޖެންޓް، ސެންޗޫރިއަންއާ ގުޅިގެން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: އެމްޕީއެލް

މި ރަސްމިއްޔާތިގައި ވާހަކަ ދައްކަވަމުން ސެންޗޫރިއަންގެ މެނޭޖިން ޑިރެކްޓަރ އައިމަން ޖަލީލް ވިދާޅުވީ އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އެމް.ޕީ.އެލްގެ ފަރާތުން ކަމަށެވެ. އަދި އެމް.އެސް.ސީގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބޯޓުގެ ކެޕްޓަނަށް އެމް.ޕީ.އެލް އަދި ސެންޗޫރިއަންގެ ފަރާތުން ހަނދާނީ ފިލާ އެރުވިއެވެ.

އެމް.އެސް.ސީގެ ބޯޓުން 800 ކޮންޓެއިނަރ ވަނީ ރާއްޖެ ގެނެސްފައެވެ. މީގައި ހިމެނެނީ މުޅިންވެސް ޖެނެރަލް ކާގޯއެވެ.

https://int.etukuri.mv/
tel:+9607331319