
އއ.ހިމަންދޫގައި ބީއެމްއެލްގެ ސެލްފްސާރވިސް އޭޓީއެމް
ހިމަންދޫގައި ބީއެމްއެލްގެ ސެލްފްސާރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި

ޝާމާ ޝުޢައިބު - 06 ނޮވެމްބަރު 2024 - 13:51
އއ.ހިމަންދޫގައި ބޭންކް އޮފް މޯލްޑިވްސްގެ ސެލްފްސާރވިސް އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފިއެވެ.
އއ.ހިމަންދޫގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ޚިދުމަތް ޤާއިމްކޮށްފައިވަނީ، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާ، ބެންކޮ އޮފް މޯލްޑިވްސް އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ އެކު އެކުލަވާލެވިފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް، އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން އޭޓީއެމް ޚިދުމަތް ނުލިބޭ ރަށްރަށަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ދާދިފަހުން ފެރިދޫ އާއި ބޮޑުފުޅަދޫގައި ހުޅުވުނު އޭޓީއެމް ސެންޓަރާއެކު ބީއެމްއެލް އިންވަނީ އއ.އަތޮޅުގައި ޖުމްލަ 7 އޭޓީއެމް ސެންޓަރު ޤާއިމްކޮށްފައެވެ.
އަދި ބޭންކު އޮފް މޯލްޑިވްސް ފިޔަވާ އެހެން ބޭންކު ތަކުގެ ޚިދުމަތްވެސް އަތޮޅުތެރެއަށް ފުޅާކުރުމަށް ސަރުކާރުންގެންދަނީ މަސައްކަތް ކުރަމުންނެވެ. ބީއެމްއެލްއިން ބުނީ މި އޭޓީއެމް ހުޅުވުމަކީ އެ ރަށުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތްތައް ލިބުމުގައި އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ޚިދުމަތެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންނަށް ބޯހިޔާވަހިކަން ގާއިމުކޮށްދެވޭތީ ފަޙްރުވެރިވަން: ބީއެމްއެލް ސީއީއޯ
2 ދުވަސް ކުރިން

ތިލަފުށީގައި "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ" ގެ ކެޕޭސިޓީ ބޮޑުކޮށްފި
2 ދުވަސް ކުރިން

ބީއެމްއެލް އިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި
2 ދުވަސް ކުރިން

ބީއެމްއެލްއިން މިދިޔަ އަހަރު 565 މިލިއަން ޑޮލަރު ވިއްކި، ކުރީ އަހަރަށްވުރެ %70 އިތުރު
3 ދުވަސް ކުރިން


.gif&w=3840&q=75)