logo
 ބަންޑާރަ ނައިބު އަހްމަދު އުޝާމް

ބަންޑާރަ ނައިބު އަހްމަދު އުޝާމް

އެމްއެމްއޭގެ ހުއްދަ ނެތި ބޭރުފައިސާގެ މުއާމަލާތްކުރުމަކީ ގާނޫނާ ހިލާފްކަމެއް: އޭޖީ އުޝާމް

profile

މުޙައްމަދު ފަޟްލޫން - 14 ސެޕްޓެމްބަރު 2026 - 09:45

އެމްއެމްއޭގެ ލައިސަންސް ނުވަތަ ހުއްދަ ނެތި ބޭރުފައިސާގެ މުއާމަލާތްކުރާނަމަ އެކަމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށް ބަންޑާރަ ނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ ބޭރުފައިސާ މާރުކުރަންޖެހޭނީ އެކަމަށް ހަދާފައިވާ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެމްއެމްއޭ އިން ބޭރުފައިސާ މާރުކުރަން ނަގަންޖެހޭ ހުއްދަނެތި އެކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރައްވައި އުޝާމް ވަނީ އެކަން ހުއްޓުވަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވިދާޅުވެފައެވެ.

ބޭރުފައިސާގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން ބޭރުފައިސާ އިން އެހެން ފަރާތްތަކަށް ޕޭމެންޓް ހަދާއިރު ބީއެމްއެލްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ގާނޫނު އެކުލަވާލެވިފައިވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ. އެހެންކަމުން އެކަމާއި ގުޅޭ ގަވާއިދު ތަކާއި އިސްލާހުތައް އެމްއެމްއޭ އިން ކުރިއަށް އޮތް ތަނުގައި އާއްމުކުރާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

ބޭރުފައިސާ އިން އާމްދަނީ ލިބޭ ފަރާތްތަކުން ދިވެހިންގެ ބޭންކްތަކަށް 40 އިންސައްތަ މާރުކުރަންޖެހޭ އިސްލާހާއި ގުޅޭގޮތުން އުޝާމް ވިދާޅުވީ އެކަމުގެ ހެޔޮ ބަދަލު ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެނިގެންދާނެ ކަަމަށެވެ.

ހުރިހާ ފަރާތްތަކުން ވެސް ބޭރުފައިސާގެ މުއާމަލާތް ކުރަންވާނީ އެކަމަށް ހާއްސަކޮށްގެން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އުޝާމް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319