logo

ކައުންސިލްތައް ރައްޔިތުން ބަލައިގަންނަ ތަންތަނަށް ހަދާނަން: ވަޒީރު އާދަމް ޝަރީފް

profile

އާމިނަތު ޝަފާ - 11 އޯގަސްޓު 2024 - 15:58

ވަޒީރު އާދަމް ޝަރީފް އުމަރު ރައީސްއާއެކު

ވަޒީރު އާދަމް ޝަރީފް އުމަރު ރައީސްއާއެކު

ކައުންސިލްތައް ބާރުވެރިކުރުވައި އެ ތަންތަނަކީ ރައްޔިތުން ބަލައިގަންނަ، ދައުލަތުގެ މުއައްސަސާތަކުން އިޙްތިރާމްކުރާ ތަންތަން ކަމުގައި ހަދާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ސިޓީ ކައުންސިލުގެ ބައްދަލުވުމަށްފަހު ކުރެއްވި އެކްސް ޕޯސްޓެއްގައި ވަޒީރުވަނީ ހުރިހާ ފަރާތްތަކުންވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމްކޮށް ލާމަރުކަޒީ ނިޒާމަށް އިތުރަށް އަހްލުވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

"ކައުންސިލްތައް ބާރުވެރި ކުރުވައި އެ ތަންތަނަކީ ރައްޔިތުން ބަލައިގަންނަ ދަޢުލަތުގެ މުއައްސަސާތަކުން އިޙްތިރާމްކުރާ ތަންތަން ކަމުގައި ހެދުމަށް ކުރާ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށް ގެންދާނަން"

ވަޒީރު އާދަމް ޝަރީފު އުމަރު އިތުރަށް އެދިވަޑައިގެންނެވީ ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމައަށް ޕްރެކްސްޓިސް ކުރުމުގައި ސިޓީކައުންސިލްތަކުގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، އަދި ރަށު ކައުންސިލްތަކުގެ މެންބަރުންނަކީ ރަށްތައް ތަމްސީލުކުރައްވާ އިސް ފަރާތްތައް ކަމަށް ޤަބޫލްކުރައްވަން ޖެހިވަޑައިގެންނަވައި ކަމަށް، އެހެންކަމުން ހުރިހައި ބޭފުޅުން ވެސް ލާމަރުކަޒީ ނިޒާމަށް އިހްތިރާމްކޮށް އިތުރަށް އަހުލުވެރިވާން ޖެހޭ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވާނެ ކަން އެ މަނިކުފާނު ޔަޤީންކުރައްވަވާ ކަމުގައެވެ.

ރައީސުލްޖުމުހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މާލޭ ސީޓީކައުންސިލްގެ މޭޔަރާއި، ސިޓީކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލު ކުރައްވައި މާލެ ސިޓީއަށް ދިމާވެފައިވާ ދަތި ކަންކަން އޮޅުންފިލުވައި މަޝްވަރާ ކުރައްވާފައެވެ.

https://int.etukuri.mv/
tel:+9607331319