
ވަޒީރު އާދަމް ޝަރީފް އުމަރު ރައީސްއާއެކު
"ދިވެހި ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު" ކިޔަން ރަނގަޅުވާނެތަ؟

އާމިނަތު ޝަފާ - 11 ސެޕްޓެމްބަރު 2024 - 11:10
މޯލްޑިވްސް ހެޕިނެސް އިންޑެކްސްއެއް އެކުލަވާލުުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ މަސައްކަތަށް ކިޔާނެ ދިވެހި ނަމަކަށް ދިވެހި ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކިޔަން ހުޅުވާލައި އެކަމަށް ރައްޔިތުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފް މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ، މޯލްޑިވްސް ހެޕިނެސް އިންޑެކްސްއަށް ކިޔާނެ ދިވެހި ނަމަކަށް ދިވެހި ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑުކިޔަން ފެނޭތޯ ރައްޔިތުންގެ ހިޔާލަކަށް އެދިވަޑައިގެންފައެވެ.
މި ނަމަށް ގިނަ ރައްޔިތުންގެ ތާއީދުއޮތްކަން ހާމަކުރަމުން އަންނައިރު ރައްޔިތުންގެ އިތުރު ހިޔާލެއް އޮތްނަމަ އެކަމަކަށްވެސް ފުރުސަތުވަނީ ހުލުވާލާފައެވެ.
ހެޕިނެސް އިންޑެކްސް އެއް ކަނޑައެޅުމަށް ނިންމައި ވަޒީރު އާދަމް ޝަރީފް ޢުމަރު ކުރިން ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެވެސް ތަރައްޤީވަމުން އަންނަ އިރު ދިވެހިން ބޭނުންވާ އުފާވެރިކަމާއި، އުންމީދުކުރާ ކަންކަމާއި އަދި ރަށްރަށުގެ ޙާލަތު ދެނެގަނެވޭނެ ގޮތްތަކެއް ހުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައެވެ.
"ސަރުކާރުންވަނީ މާނަ ހުރި ގޮތެއްގައި ރާއްޖޭގައި ހެޕިނެސް އިންޑެކްސް ކަނޑައެޅުމަށް ޓަކައި ޚާއްޞަ މަސައްކަތްތަކެއް ފަށައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައި. މިއީ ރަށްރަށުގެ ރައްޔިތުންގެ އުފާވެރިކަން މިންކުރާނެ ގޮތެއް ދެނެގަތުމަށް ޓަކައި ކުރާ މަސައްކަތެއް" އާދަމް ޝަރީފް އުމަރު
މިނިސްޓަރ އިތުރަށް ވިދާޅުވެފައިވަނީ މިމަސައްކަތް ކުރިއަށް ގެންދަވައި އިރު ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ގިނަ ބަޔަކާ މަޝްވަރާކުރެވިގެން އެކުލަވައިލައި އޮނިގަނޑެއްގެ ތެރެއިން ރަށްރަށުގެ ޙާލަތު ރަނގަޅަށް އެނގޭނެ ގޮތަކަށް ތައްޔާރުކުރެވޭ ފްރޭމްވޯރކެއްގެ ތެރެއިން ރަނގަޅު ނަތީޖާ ހޯދާ ރަށްތަކަށް އެވޯރޑް ދެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން