logo

ދޫހިމެރިގެ ތަޅާލުމަށްފަހު މަގު ހުޅުވާލައިފި

profile

އާމިނަތު ޝަފާ - 15 ސެޕްޓެމްބަރު 2024 - 13:13

ދޫހިމެރިމަގު ހުޅުވާލުން

ދޫހިމެރިމަގު ހުޅުވާލުން

މާލޭގައި މިދިޔަ ހަފްތާގެ ހޯމަދުވަހު އަލިފާނުގެ ހާދިސާ ހިނގި "ގާމަގު" ކެފޭ ހިންގި އިމާރާތް 3 ދުވަސްތެރޭ ތަޅާ ނިންމާލައި ދޫހިމެރިމަގު ހުޅުވާލާފައިވާކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމަގު މިހާތަނަށް އޮތީ ބަންދުކޮށްފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ކެފޭ ހިންގި އިމާރާތުގެ ސަބަބުން އާއްމުންނަށް އުނދަގުލެއް ކުރިމަތިވެދާނެކަމަށްޓަކައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި 3 ނުވަތަ 4 ދުވަހުގެ ތެރޭގައި އިމާރާތް ތަޅާ ނިންމާލެވޭނެކަމަށް ކުރިން އެ ވުޒާރާއިން އޮތީ ބުނެފައެވެ.

ހ. ދޫހިމިރިގޭގައި "ގާމަގު" ކެފޭ ހިންގަމުން އައިއިރު މި އިމާރާތަކީ 3 ފްލޯއަށް ހަދާފައިވާ އިމާރާތެކެވެ. އޭގެ ތެރެއިން އިމާރާތުގެ މަތީ ދެ ފްލޯ ހުންނަނީ ޑެކު އަޅައިގެން ވަށައިގެން ޓިނު ޖަހާފައެވެ.

މި އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ގަޑިއެއްހާއިރު ނެގިއިރު، މި ހާދިސާގައި ޖުމްލަ 57 މީހުން ހާލުގައި ޖެހިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 20 ބިދޭސީންނެވެ. މި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް އެ އޮތޯރިޓީން ކުރަމުންދާއިރު ހާދިސާއާ ގުޅިގެން 50 ބިދޭސީންނާއި، 6 ދިވެއްސަކު ރައްކާތެރި ތަންތަނަށް ވެސް މިހާރު ވަނީ ބަދަލު ކޮށްފައެވެ.

ޑްރަގް ބޭނުންކުރާ އިމާރާތްތަކާއި އާއްމު އުނދަގުލަކަށްވާގޮތައް ފަޅަށް ހުންނަ އިމާރާތްތައް ތަޅާލުމުގެ މަސައްކަތް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ކުރަމުން އަންނައިރު މީގެ ކުރިންވަނީ ފަޅަށް ހުންނަ އަދި ޑްރަގް ބޭނުންކުރާ މީހުން ބޭނުންކުރަމުން އައި މ. ރަބީއުވިލާ 14 ދުވަހުގެތެރޭގައި ތަޅާލާފައެވެ.

އިޖުތިމާއީ އެކި މައްސަލަތަކަށް މަގުފަހިވާތީ ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފެށީ ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިންނެވެ.

https://wamco.com.mv/
tel:+9607331319