logo

ވަޒީރު އާދަމް ޝަރީފް އިދިކޮޅު ފަރާތްތަކަށް: 6 އަހަރުވީއިރު ލޭނުގެ ވާހަކަ ނުދެއްކީ ކީއްވެ؟

profile

އާމިނަތު ޝަފާ - 01 ސެޕްޓެމްބަރު 2024 - 11:08

ވަޒީރު އާދަމް ޝަރީފް އުމަރު ރައީސްއާއެކު

ވަޒީރު އާދަމް ޝަރީފް އުމަރު ރައީސްއާއެކު

ސިނަމާލެ ބުރިޖުން ލޭނެއް މަދުވެފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނާތީ ވޭތުވެ ދިޔަ 6 އަހަރު އެވާހަކަ ނުދެއްކީ ކީއްވެގެންތޯ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސުވާލު އުފައްދަވައިފިއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑް ޝިޕް ބްރިޖްއިން ލޭނެއް މަދުވިކަމަށް ދައްކަމުން ގެންދަނީ އެއްވެސް ހަޤީގަތެއް ނެތް ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެ ކަން އޮތްގޮތް ހާމަކޮށްދެއްވުމުގެ ގޮތުން އެކްސްގައި އެމަނިކުފާނު ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

ވަޒީރު އާދަމް ޝަރީފް ތުހުމަތު ކުރައްވާ ގޮތުގައި މިއަދު އެވާހަކަ ފަތުރަމުން ގެންދަވާ ބޭފުޅުން އެވާހަކަ ފަތުރުއްްވަނީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައެވެ. އަދި އިތުރަށް އެކަމާ ސުވާލު އުފައްދަވަމުން ވިދާޅުވީ ބްރިޖަށް 6 އަހަރުވެގެން ދިޔައިރު އެވާހަކަ ތައް ނުދައްކައި މިއަދު އެވާހަކަ ތައް ދައްކަން ބޭނުންވަނީ ސަރުކާރުގެ ފޯކަސް ގެއްލުވާލަން ކަމަށެވެ.

"6 އަހަރު ވަންދެން ތިޔަވާހަކަ ނުދެއްކި ރިޔާސީ ކެމްޕެއިން ތެރޭގައިވެސް ދޮގު ހަދައިގެން އެތައް ވާހަކަތަކެއް ރައީސް ޑރ. މުއިއްޒު އާއި ދެކޮޅަށް ފަތުރަމުން ދިޔައިރުވެސް ތިޔަ ލޭނެއް މަދުވިވާހަކަ ނުދައްކާ، ލޭން މަދުވާނަމަ ކީއްވެ ޗައިނާއިންވެސް އެވާހަކަ ނުދައްކަނީ"

އެމަނިކުފާނު އިތުރަށް ވިދާޅުވީ އެފަދަ ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކުން ސަރުކާރުގެ ފޯކަސް ގެއްލުވާ ނުލެވޭނެ ކަމަށާއި އަދި ދަރަނިތައް އަދާކުރަމުން ސަރުކާރު ދާނީ ކުރިއަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސާބިތު ކޮށްދެއްވަނީ ކެތްތެރިކަމާއި ތެދުވެރިކަމާއި އެކު ކުރިއަށް ވަޑައިގަތުމުގެ އަޒުމުގައި ހުންނެވި ކަންކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖު ނިންމާފައިވަނީ ބައިސްކަލު ދުއްވަން ކަނޑައަޅާފައިވާ ލޭނު ނުލާކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު މިކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ސިނަމާލެ ބުރިޖުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރި ފަހުން ބުރިޖަކަށް ބަދަލެއް ނާންނަ ކަމަށާއި ހުރިހާކަމެއްވެސް ކުރީ ދިން މައުލޫމާތާ އެއްގޮތަށް ކަމަށެވެ.

2014 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ނުވަތަ ނޮވެމްބަރުމަހުގެ ކުރިން ބުރިޖާ ބެހޭ އެެއްވެސް މައުލޫމާތެއް ލިބިވަޑައިގެންފައިނުވާކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.

tel:+9607331319