logo

ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެ ކަމެއް ރައީސް ނުކުރައްވާނެ: މިނިސްޓަރު އާދަމް ޝަރީފް

profile

ޝާމާ ޝުޢައިބު - 03 ނޮވެމްބަރު 2024 - 12:45

މިނިސްޓަރ އާދަމް ޝަރީފް

މިނިސްޓަރ އާދަމް ޝަރީފް

ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނުކުރައްވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރަޢީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ކަމަށެވެ. 160 އަށް ވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާ ކައުންސިލްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކީ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަމަށާ ކުރިއަށް އޮތް ދެ އަހަރުތެރޭ 120 އަށް ވުރެ ގިނަ ކައުންސިލް އިދާރާ އަޅުއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަށް ނިކަމެތިކަން ލިބޭނެ ކަމެއް ރައީސް ނުކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ. އަދި 2025 ވަނަ އަހަރު ވެސް ޤާނޫނާ އެއް ގޮތަށް ކައުންސިލްތަކަށް ބަޖެޓް ލިބޭނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާ، އެ ކަމަށް ޓަކައި ރައީސް މުޢިއްޒަށް ޝުކުރުއަދާކުރައްވާ ކަމަށް ވަޒީރު ކުރެއްވި ޕޯސްޓްގައި ވެއެވެ.

ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ޕެޓް ކެއާ ފެލިސިޓީ ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވައިގެންފައިވާ ފަދައިން ރަށްރަށުގައި ކައުންސިލްގެ އައު އިމާރާތްތައް އަޅުއްވާ ދެއްވާނެ ކަމަށާއި އެ ގޮތުން މި އަހަރު ތެރޭގައި 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން 120 އަށްވުރެ ގިނަ ރަށެއްގައި ކައުންސިލް އިމާރާތް އަޅުއްވާ ދެއްވާނެ ކަމަށް ވިދާޅުވެ ކައުންސިލް އިމާރާތްތަކުގެ ހާލަތު އެމަނިކުފާނުގެ ތަޖުރިބާގައި ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރައްޔިތުންނާ ގާތުން އެންމެ ބޮޑަށް މަސައްްކަތްކުރަމުންދަނީ މި ސަރުކާރުންކަން އެއީ ފެންނާން އޮތް ހަގީގަތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ ވާ ވައުދުތައް ފުއްދާނެ އަދި އަމަލާ ބަހާ ދިމާވާނެ ސަރުކާރެއް ކަމަށާއި މި ސަރުކާރުން އަބަދުވެސް އިސްކަން ދޭނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކަންކަން ކުރުމަށެވެ.

https://wamco.com.mv/
tel:+9607331319