logo

ދިވެހިރާއްޖޭއާއި އިންޑިއާއާ ދެމެދު އުފެދިފައިވަނީ ބަދަހި ގުޅުމެއް: ޒަމީރު

profile

އާމިނަތު ޝަފާ - 16 އޯގަސްޓު 2024 - 22:48

މިނިސްޓަރ ޒަމީރު އިންޑިއާގެ އިސްވެރިންނާއެކު

މިނިސްޓަރ ޒަމީރު އިންޑިއާގެ އިސްވެރިންނާއެކު

ދިވެހިރާއްޖޭ އާއި އިންޑިއާއާ ދެމެދު އުފެދިފައިވަނީ ބަދަހިގުޅުމެއްކަމަށާއި އަދި މި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އިތުރަށް ބަދަހިވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިންޑިއާ ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން ބޭއްވި ހާއްސަ އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހާރިޖީ ވަޒީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގެ ފަރާތް ޕުޅުން އިންޑިއާގެ 78 ވަނަ މިނިވަންދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައްދުކުރެއްވިއެވެ.

އަދި އިންޑިއާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަމަށް ސިފަކުރައްވައި ރާއްޖެއާއި އިންޑިއާއާއެކު ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިވެފައިވާ ކަމަށާއި އަދި ކުރިއަށް ތާންގައިވެސް މި ގުޅުން އިތުރަށް ބަދަހިވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަން ހާމަކުރެއްވިއެވެ.

ޝަރަފުވެރި މެޙެއްމާނެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ބައިވެރިވެވަޑައިގެންނެވި މި އިވެންޓްގައި ރާާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަރ މުނޫ މަހާވަރު އަދި ހައިކޮމިޝަން އަދި މިނިސްޓްރީގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.

tel:+9607331319