logo

ރަޝިޔާގެ ކަރސްކްގައި އުޅޭ ދިވެހިން ސަމާލުވުމަށް އެދިއްޖެ

profile

އާމިނަތު ޝަފާ - 14 އޯގަސްޓު 2024 - 19:36

ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު

ފޮރިންގ މިނިސްޓަރ މޫސާ ޒަމީރު

ރަޝިޔާގެ ކަރސްކްގައި އުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ހާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.

ހާރިޖިއްޔާއިން ބުނީ މިހާރު ހިނގަމުންދާ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ނުރައްކާގެ ޙާލަތުއޮތުމުން، އެ ވުޒާރާ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާ ކުދިންގެ ހާލު ވަރަށް ގާތުން ބަލަމުންދާކަމަށެވެ.

މިދަނޑިވަޅުގައި، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރު ކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރަޝިޔާގެ ކަރސްކްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

tel:+9607331319