logo

އިސްރާއީލުން އަގުސާ މިސްކިތައް ވަދެގަތުން ކުށްވެރިކޮށްފި

profile

އާމިނަތު ޝަފާ - 14 އޯގަސްޓު 2024 - 19:07

ހާރިޖިއްޔާ

ހާރިޖިއްޔާ

އަގުސާ މިސްކިތައް ޔަހޫދީންގެ 2000 އެއްހާ މީހުން ވަދެގަތުން ދިވެހި ސަރުކަރުން ކުށްވެރިކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ބަޔާނުގައިވަނީ އަގުސަ މިސްކިތައް ވަދެގަނެ މިސްކިތުގެ ހުރުމަތް ކަނޑާލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އަދި ތަކުރާރުކޮށް ޔަހޫދީން ހިންގާ މި އަމަލުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅި ސުލްހައިގެ މަޝްވަރާތަކަށް އޮތް އުއްމީދު ގެއްލޭކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށްބުނީ ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ދިފާއުގައިކަމަށާއި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރާ ހުރިހާ މަސައްކަތްތަކެއްގައި ރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެކަމަށެވެ.

ޔަހޫދީ ކަނާތުފިޔައިގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވިރު އިސްކޮށް ހުރެ ޔަހޫދީ ހަރުކަށި ސިފައިންގެ ފުރިހަމަ ހިމާޔަތުގައި މިސްކިތްތެރެއަށް ވަދެގަތީ ޔަހޫދީން ފާހަގަކުރާ ޓިޝާ ބިއާވް ދުވަސް ފާހަގަކުރުމަށެވެ.

ޔަހޫދީން ގަބޫލުކުރާގޮތުގައި އެ ދުވަހަކީ ބާބިލުންގެ އަތްދަށަށް ގުދުސް ދިޔައިރު މާތް ނަބިއްޔާ ސަލާމްލެއްވި ސުލައިމާންގެފާނުގެ ހައިކަލްއަށް ބާބިލުން ހަމަލާދީ ބިމާ ހަމަކޮށްލި ދުވަހާއި ރޯމަނުންގެ ހަމަލާތަކުގައި އެމީހުންގެ ދެވަނަ ފައްޅި ސުންނާފަތިކޮށްލިކަމަށްބުނެއެވެ.

tel:+9607331319