logo

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފި

profile

އާމިނަތު ޝަފާ - 26 ސެޕްޓެމްބަރު 2024 - 22:15

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްކޮށްފިއެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލިސް ކްރިމިނަލް ކޯޓުން ވަނީ ކެންސަލް ކޮށްފައެވެ.

ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ދައުވާކުރަނީ ކުރީގެ ރައީސުުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައިގެން ރަސްމީ ހައިސިއްޔަރު ނަހަމަގޮތުގައި ބޭނުންކުރެއްވިކަމަށް ބުނެއެވެ.

ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް އޭނާގެ ބައްޕަ ވިލިމާލޭގައި ހުންނަ ސިފައިންގެ އިމާރާތެއްގައި ބަހައްޓައިގެން އެއް އަހަރަށް ވުރެ ގިނަދުވަހު ބައްޕަގެ ހިދުމަތުގައި ސިފައިންގެ ޕްރައިވެޓް އޮފިސަރަކު ވަކިން ބަހައްޓާފައިވާ ކަމަށެވެ.

މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމްގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން ފަސްވި ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެެއެވެ.

https://int.etukuri.mv/
tel:+9607331319