logo

"މޮއާނާ 2" ސްކްރީންތަކަށް؛ ފުރަތަމަ ވެސް ރެކޯޑެއް!

profile

ޒިދާން މުޙައްމަދު - 28 ނޮވެމްބަރު 2024 - 01:47

މޮއާނާގެ ދެވަނަ ބައިގައި މޮއާނާ އޭނާގެ ކޮއްކޮއާއެކު --- ދެވަނަ ބައިގައި މޮއާނާގެ ކޮއްކޮއެއް ފެނިގެންދޭ

މޮއާނާގެ ދެވަނަ ބައިގައި މޮއާނާ އޭނާގެ ކޮއްކޮއާއެކު --- ދެވަނަ ބައިގައި މޮއާނާގެ ކޮއްކޮއެއް ފެނިގެންދޭ

ވޯލްޓް ޑިޒްނީގެ އެނިމޭޓެޑް ފިލްމް "މޮއާނާ"ގެ ދެވަނަ ބައި "މޮއާނާ 2" ޕްރިމިއަރކޮށް، ސިނަމާތަކުގެ ސްކްރީންތަކުން ދައްކަން ފަށައިފިއެވެ.

https://wamco.com.mv/

"މޮއާނާ 2" ޕްރިމިއަރކުރީ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ.

"މޮއާނާ 2" އަޅުވަން ފެށި ބުދަ ދުވަހުގެ ޕްރިވިއުތަކުން އެކަނިވެސް ޑިޒްނީއަށް 13.8 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ ވޯލްޓް ޑިޒްނީ އެނިމޭޝަންގެ ފިލްމަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ޕްރިވިއު އަދަދެވެ.

ރިލީސްކުރުމުގެ ކުރިންވެސް "މޮއާނާ 2" ބެލެވިފައިވަނީ ބޮކްސް އޮފީހުގައި ރެކޯޑް ހަދާނެ ފިލްމަކަށެވެ.

ކާމިޔާބު އެތައް އެނިމޭޓެޑް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ޑިޒްނީން ގެނެސްދޭ "މޮއާނާ" ގެ ވާހަކަ އެނބުރެނީ އެ ނަން ކިޔާ އަންހެން ކެރެކްޓާއަކަށެވެ. އެ ކެރެކްޓާ އަށް އަޑު އަޅައި ދީފައި ވަނީ އައުލީ ކްރަވަލްހޯއެވެ.

މި ފިލްމުގެ ފުރަތަމަ ބަޔަށްވެސް ބޮޑު ތަރުޚީބެއް ލިބިފައިވާއިރު، މިއުޒިކަލް ފެންޓަސީ އެޑްވެންޗާއެއްގެ ގޮތުގައި 2016 ގައި ގެނެސްދިން "މޮއާނާ" އަކީ ޖޯން މަސްކާ އާއި ރޮން ކްލެމެންޓްސް ޑައިރެކްޓްކުރި ފިލްމެކެވެ. ޖުމުލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަށް ބޮކްސް އޮފީހުގައި 682.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

އެކަމަކު "މޮއާނާ 2" ޑައިރެކްޓްކުރީ ޑޭވް ޑެރިކް ޖޫނިއާއެވެ.

ޑިޒްނީގެ ސީއީއޯ ބޮބް އައިގާ ބުނެފައިވަނީ "މޮއާނާ" ގެ ސީކްއެލް ކުރިން ގެނެސްދޭން ނިންމީ ސީރީޒެއްގެ ގޮތުގައި ކަމަށެވެ. އެކަމަކު ފީޗަރ ފިލްމެއްގެ ގޮތުގައި ދެވަނަ ބައި ގެނެސްދޭން ނިންމީ އެއަށްކޮށްފައި ހުރި މަސައްކަތްތަކުގެ ފުޓޭޖްތަކެއް ފެނިފައި ފުރިގަމަކަމުން ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ކަމަށް ބުންޏެވެ.

"މޮއާނާ" އަށް މަޝްހޫރު ތަރިންތަކެއް އަޑު އަޅާފައިވާ އިރު، ހޮލީވުޑްގެ ތަރި ޑްވޭން ޖޯންސަން (ރޮކް) އާ ވަރަށް ވައްތަރުކޮށް ފިލްމުގައި ހިމެނި ކެރެކްޓާ، މައުއީ އަށް އޭނަ އަޑު އަޅާފައިވެއެވެ.

https://etukuri.mv/
tel:+9607331319