logo

މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމަށް އިތުރު މުއްދަތެއް

profile

ޒިދާން މުޙައްމަދު - 30 ނޮވެމްބަރު 2024 - 07:07

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން އައި ޖަރުމަންވިލާތުގެ ނޫސްވެރިންނާއި ބްލޮގަރުން

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރަން އައި ޖަރުމަންވިލާތުގެ ނޫސްވެރިންނާއި ބްލޮގަރުން

މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމަށް އިތުރު މުއްދަތެއް ދީފިއެވެ.

https://wamco.com.mv/

މިއީ ތިންވަނަ މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކަށް އެންމެ ފުރަތަމަ ކަނޑައެޅީ މި މަހުގެ 14ވަނަ ދުވަހެވެ. ނަމަވެސް އެ މުއްދަތު ފަހުން ވަނީ އިތުރުކޮށްފައެވެ. ދެވަނަ އިއުލާނުގައިވާ ގޮތުން އެ މުއްދަތު މިމަހުގެ 28 ވަނަ ދުވަހު ހަމަވާނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އިއުލާނުކޮށްފައިވާ ގޮތުން އެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މި ފެށޭ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ 11:00 ގައެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓުހައުސްތަކާއި، ސަފާރީތަކާއި، ޓްރެވެލް އެޖެންސީތަކަށެވެ. އެގޮތުން ފަސް ކެޓަގަރީއަކުން 23 އެވޯޑެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޓޫރިޒަމް އެވޯޑަށް އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ. އެވޯޑު ދިނުމުގައި ބަލާނީ 1 ޖޫން 2023 އިން 31 މޭ 2024ގެ ނިޔަލަށްކޮށްފައިވާ މަސައްކަތްތަކަށެވެ.

މިދިޔަ އަހަރު ފަސް ދާއިރާއަކުން 59 އެވޯޑަކަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލިއިރު އެފުރުސަތުގައި އެކި ކެޓަގަރީތަކުން 88 ފަރާތުން 225 އެޕްލިކޭޝަން ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 31 ފަރާތަކަށް އެވޯޑު ދީފައިވެއެވެ.

https://wamco.com.mv/
tel:+9607331319