logo

ޝަހީދުންގެ އާއިލާތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފަށަނީ

profile

އައިޝަތު އިނާޝާ - 03 ނޮވެމްބަރު 2024 - 23:05

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ--- ފޮޓޯ: ރައިސް އޮފީސް

ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވާހަކަފުޅުދައްކަވަނީ--- ފޮޓޯ: ރައިސް އޮފީސް

އަންނަ އަހަރުން ފެށިގެން ޝަހީދުންގެ އާއިލާތަކަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަސްރުގެ ދުވަހެއް ފާހަގަ ކުރަމުންދާއިރު މިރޭ، އުފަލާއި ހިތާމަ ވެސް އިހުސާސް ކުރެއްވޭ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިން ދުވަހު 8 ސިފައިންނާއި 11 އާންމު ރައްޔިތުން ޝަހީދުވި ކަމަށެވެ. ޖުމްލަ 19 ދިވެހިން އެދުވަހު ޝަހީދުވިކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކިފަހަރުމަތިން 1979އިން ފެށިގެން ޝަހީދުވި މީހުންގެ އަދަދު ހޯއްދެވި ކަމަށެވެ. އެގޮތަށް ބަލައިއިރު މިދިޔަ 40 އަހަރު ތެރޭގައި އެކި ހާދިސާތަކުގައި 29 ސިފައިންނާއި 2 ފުލުހުން ޝަހީދުވެފައިވާ ކަމަށެވެ.

އެހެންނަމަވެސް އެ ފަރާތްތަކުގެ އަގުވަޒަން ކުރަން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. މީގެ ކުރިން ޝަހީދުންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދިން ކަމަށާއި އެހެންނަމަވެސް ފަހަކަށް އައިސް އެކަންވެސް ވަނީ ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ބޮޑު ބޭއިންސާފެއް. އެހެންވީމަ ކުރިޔަށް އޮތްތަނުގައި މިއަންނަ އަހަރުން ފެށިގެން ޝަހީދުވި އާއިލާތަކަށާއި އަދި ހަމައެއާކީ 3 ނޮވެންބަރުގެ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު 5 ފަރާތަށާއި މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ފަރާތް ހިމެނޭހެން ކަނޑައެޅޭ ގެޒެޓް ކުރެވޭ އުސޫލެއްގެ މަތިން ސަރުކާރުން ދެހެއްޓެނިވި ގޮތެއްގައި ހާއްސަަ އެލެވެންސެއް ދޭނެ ވާހަކަ އަޅުގަޑު ދަންނަވަން. ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް ޝަހީދުންގެ ހިޔާގެ ނަމުގައި 50 ޔުނިޓް ހިމެނޭ ހާއްސަ ހައުސިންގ އިމާރާތެއް މި ދައުރުގެ ތެރޭގައި އަޅާނިންމައި، އެ ފަރާތްތަކާއި ހަވާލު ކުރައްވާނެ ކަމަށެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަނީ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އަރުވައިފައެވެ.

https://wamco.com.mv/
tel:+9607331319