މި ދައުރުގައި 120އަށްވުރެ ގިނަ ކައުންސިލް އިމާރާތް އަޅާދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ..މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ގާއިމުކުރި ފުރަތަމަ ޕެޓް ކެއާ ފެލިސިޓީ ހުޅުވުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވައުދުވެވައިގެންފައިވާ ފަދައިން ރަށްރަށުގައި ކައުންސިލްގެ އައު އިމާރާތްތައް އަޅުއްވާ ދެއްވާނެ ކަމަށާއި އެ ގޮތުން މި އަހަރު ތެރޭގައި 50 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން 120 އަށްވުރެ ގިނަ ރަށެއްގައި ކައުންސިލް އިމާރާތް އަޅުއްވާ ދެއްވާނެ ކަމަށް ވިދާޅުވެ ކައުންސިލް އިމާރާތްތަކުގެ ހާލަތު އެމަނިކުފާނުގެ ތަޖުރިބާގައި ވިދާޅުވިއެވެ.
ކައުންސިލް އިމާރާތްތައް ނެތިވެ ހަލާކުވަމުންދާ ދިއުމުގައި މިދިޔަ ޒަމާންތަކުގައި ވިހި ތިރީސް އަހަރުވެފައިވާ ކައުންސިލް އިދާރާތަކަށް ވަދެވުނު މި ދަތުރުތަކުގަ. އެކައުންސިލް މެމްބަރުން ވިދާޅުވަމުން ގެންދެވީ ވިހި ތިރީސް، ސާޅީސް އަހަރުވެފައި ހުރި ތަންތަނޭ. ހަގީގަތުގައި ސާޅީސް އަހަރުވެފައި ހުރި ތަންތަން އެބަހުރި. މާރާމާތުވެސް ކޮށްނުލެވި
ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރައްޔިތުންނާ ގާތުން އެންމެ ބޮޑަށް މަސައްްކަތްކުރަމުންދަނީ މި ސަރުކާރުންކަން އެއީ ފެންނާން އޮތް ހަގީގަތްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ސަރުކާރަކީ ވާ ވައުދުތައް ފުއްދާނެ އަދި އަމަލާ ބަހާ ދިމާވާނެ ސަރުކާރެއް ކަމަށާއި މި ސަރުކާރުން އަބަދުވެސް އިސްކަން ދޭނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކަންކަން ކުރުމަށެވެ.
މި ވޭތުވެދިޔަ އަހަރެއްހާ ދުވަހު އަޅުގަނޑުވާނީ ކައުންސިލްތައް ބާރުވެރިކުރުވަން މަސައްކަތްކޮށްފަ. ސަތޭކަ ފަސްދޮޅަހެއްހާ ކައުންސިލާ އަޅުގަނޑު ބައްދަލުކޮށްފައިވާނެ. މީގެ ކުރިން ކައުންސިލްތައް މާލެ ގެންނާނީ. އަޅުގަނޑު ގޮސް ބައްދަލުކޮށް އަޅުގަނޑު އަތުން ނޯޓުލިޔެ، އަމިއްލަ އަތުގައި ހުންނާނެ އެ ނޯޓުތައް މިހާރުވެސް. އަމިއްލައަށް ލިޔެ ރައީސް އޮފީސް މެދުވެރިކޮށް ކަމާ ބެހޭ ވުޒާރާތަކާ ހަވާލުކޮށް ތަންފީޒުކުރަމުން މިގެންދަނީ
ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުތައް ވަނީ ފަހިކޮށްދީފައި ކަމަށް ވިދާޅުވެ ދެން ވިދާޅުވީ އިތުރުއާ ކަންކަން ކުރިއަށް ދުވަސްތަކުގައި އަދި އިއުލާން ކުރައްވާނެ ކަމަށެވެ.