logo

ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ މިއަދުން ފެށިގެން ބޮޑުކޮށްފި

profile

އައިޝަތު އިނާޝާ - 01 ނޮވެމްބަރު 2024 - 12:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު--- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އަށް ވޭޕް އެތެރެކޮށް ވިއްކުން މަނާކުރަންދެން ވޭޕުން ނަގާ ޑިއުޓީ ބޮޑުކުރަން ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 19 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ، 31 އޮކްޓޫބަރު 2024 ވީ ބުރާސްފަތި ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 ވަނަޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި ހިމަނާފައި ވަނީ އީ-ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ އެ ނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިކަލް އިން ނަގާ ޑިއުޓީ %50 ބޮޑުކޮށް، މިލިލީޓަރަކަށް 8ރ. ނެގުމަށެވެ. އަދި އީ-ސިނގިރެޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓްތައް ނުވަތަ އާލާތްތަކާއި އެ ތަކެތީގެ ބައި ބަޔަށް ނަގާ ޑިއުޓީ %200 ބޮޑުކުރުމަށް ވެސް ހުށަހަޅާފައި ވެއެވެ.

މީގެއިތުރުން ސިގިރެޓާއި ބިޑިން ނަގާ ޓެކްސް ވެސް 50 % ބޮޑުކޮށް، ކޮންމެ އެއްޗަކުން 8 ރުފިޔާ ނެގުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. .

ރާއްޖެއަށް ވޭޕް އެތެރެކުރުން ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެންބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަން ވެސް ވަނީ ނިންމަވާފަ އެވެ.

https://wamco.com.mv/
tel:+9607331319