logo

ނޫނު އަތޮޅުގައި ހިންގާ ޓައުންޝިޕް މަޝްރޫއަކީ ނުރައްކާތެރި ބޮޑު ޖަރީމާއެއް: ޒަމްޒަމް ފާރިޝް

profile

އާމިނަތު ޝަޒްލާ - 23 ނޮވެމްބަރު 2026 - 12:04

ނޫނު އަތޮޅުގައި ކުރީ ސަރުކާރުން ރިޒޯޓެއް ތަރައްގީކުރުމަށް ދޫކޮށްފައިވާ ފަޅެއްގެ ކޮންސެޕްޓް ބަދަލުކޮށް، ބޭރު ބަޔަކަށް ދީގެން ހިންގަމުންދަނީ ބޮޑު ޖަރީމާއެއް ކަމަށް އިލްމުވެރިޔާ އަދި ސިޔާސީ ކަންކަމުގައި އަޑުއުފުއްލަވާ ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޒަމްޒަމް ފާރިޝް މިހެން ވިދާޅުވީ މީސްމީޑިއާ މަންސަ އެކްސް ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

View post on Twitter

ޒަމްޒަމް ފާރިޝް މި މޭރުމުން ވާހަކަދެއްކެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ހާމަކޮށްފައިވާ "ޕްރޮޖެކްޓް އައިލާ" އާ ގުޅޭ މައުލޫމާތުތަކެއްގެ ސްކްރީންޝޮޓް ހިއްސާކުރައްވަމުންނެވެ. އިކޮނޮމިކް މިނިސްޓްރީގެ ޕޯސްޓުގައި ވާގޮތުން، ޕްރޮޖެކްޓް އައިލާ އަކީ ރާއްޖޭގައި ގާއިމުކުރެވޭ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕެވެ. 790 މިލިއަން އެމެރިކާ ޑޮލަރުގެ މި ބިޔަ އިންވެސްޓްމަންޓްގެ ދަށުން ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް، ސިއްހީ ހިދުމަތް، ތައުލީމު އަދި ދަނޑުވެރިކަމުގެ ދާއިރާ އެއްފުރާޅެއްގެ ދަށަށް ގެނެވޭނެ ކަމަށާއި، މި މަޝްރޫއުގެ %60 ހަކަތަ އުފައްދާނީ އިއާދަކުރަނިވި ހަކަތައިން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި 2028 ވަނަ އަހަރަށް ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ %90 މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޒަމްޒަމް ފާރިޝް ވިދާޅުވީ، މިއީ ރަސްމާލެ މަޝްރޫއު އަލައްބާރަށް ދިނުން ފަދަ ނުރައްކާތެރި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މިއީ ކުރީ ސަރުކާރުން ރިޒޯޓް ހަދަން ދޫކުރި ފަޅެއް މުޅިން އެހެން ކޮންސެޕްޓަކަށް ބަދަލުކޮށް، ބޭރު މީހުން ދިރިއުޅެން ހުރިހާ ޚިދުމަތެއް ލިބޭނެ ގޮތަށް "ހެންލޭ އެންޑް ޕާޓްނަރސް" ކިޔާ ބޭރު ބަޔަކަށް ދީގެން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޒަމްޒަމް ފާރިޝް އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދަނީ ( އެސްއީޒެޑް) ގާނޫނުގެ ދަށުން އެ ފަރާތަށް އެތައް ބައިވަރު އިސްތިސްނާތަކެއް ދީގެންނެވެ. އޭގެ ތެރޭގައި ދިވެހިންނަށް އެއްވެސް ފައިދާއެއް ނުވާ މިންވަރަށް ޓެކްސްތައް މައާފުކޮށްދިނުމާއި، ރާއްޖޭގެ އެތެރޭގައި އެމީހުންގެ އަމިއްލަ ވަކި ވެރިކަމެއް ހިންގޭ މިންވަރަށް ބާރުތައް ދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ޕްރޮޖެކްޓާ މެދު ސަރުކާރުގެ ބައެއް މިނިސްޓަރުން ވެސް ދެކޮޅު ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން ދިވެހީންގެ ގައުމު ދިވެހީންގެ އަތުން އެކީއެކަށް ބީވެގެންދާނެ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ހާލަތަށް އަލިއަޅުއްވާލައްވަމުން ޒަމްޒަމް ވިދާޅުވީ، ހުރިހާ މޮޅެއް ލިބެމުންދަނީ ބޭރު މީހުންނަށް ކަމަށާއި، ދިވެހި ރައްޔިތުން ތިބީ ދަރައި ވިކި، އަނގައާއި އަތާ ދިމާނުވެ، ބޭސް ސިޓީއަށް ބޭސްކޮޅު ވެސް ނުލިބޭ ފަދަ ނިކަމެތި ހާލެއްގައި ކަމަށެވެ. އެގޮތުން، މިފަހުން ވެސް ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އަމިއްލަ ޚަރަދުގައި އިންޑިއާއަށް ގޮސް ބޭސް ހިފައިގެން އައި މީހެއްގެ ބޭސްތައް އެއާޕޯޓުން ހިފެހެއްޓި ހާދިސާއެއް ހިނގާފައިވާކަން ފާހަގަކުރައްވައި، މިއީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުން މި ނިކަމެތި ހާލަތުން ސަލާމަތްކޮށްދެއްވުން އެދި އޭނާ ވަނީ ދުއާ ދަންނަވާފައެވެ.

https://wamco.com.mv/
tel:+9607331319