
ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް---
ރިއަލް އެސްޓޭޓް ބިލާ ދެކޮޅަށް އަޑުއުފުލުމަށް މަޖިލިސް މެންބަރުންނަށް ގޮވާލުމަކީ ވާޖިބެއް: ޒަމްޒަމް

ޖިނާން ޙުސައިން ޖަބީން - 15 ނޮވެމްބަރު 2026 - 13:35
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލާ ދެކޮޅަށް ވޯޓު ދިނުމަށް، ކޮންމެ ރައްޔިތަކުވެސް އެމީހެއްގެ ދާއިރާ ތަމްސީލުކުރައްވާ މެންބަރަށް ދެންނެވުމަކީ މިއަދު ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާ މަންސަ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޒަމްޒަމް ފާރިޝް ވިދާޅުވީ، ދަންނަ އަދި ގުޅުން އޮންނަ ރައްޔިތުންގެ މަޖިލިސް މެންބަރުންނާ ފޯނުން ނުވަތަ މެސެޖުގެ ޒަރީއާއިން ގުޅައި، މި ބިލާ ދެކޮޅު ހެދުމަށް ބާރުއަޅަންޖެހޭ ކަމަށެވެ. އަދި މިކަމުގައި އިހުމާލުވެ ފަރުވާކުޑަކޮށްފިނަމަ، އެއީ މިފަދަ ކަމެއްގައި ބައިވެރިވުން ފަދަ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގާ ރަސްމާލެ މަޝްރޫއުގެ ދަށުން، ބޭރުގެ އިންވެސްޓަރުންނަށް 99 އަހަރަށް ބިން މިލްކުކުރެވޭ ގޮތް ހެދުމަކީ ގައުމީ ސަލާމަތަށާއި ރާއްޖޭގެ އިސްތިގްލާލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވަކިން ހާއްސަކޮށް، އެ ސަރަހައްދުގެ އިދާރީ އަދި ސަލާމަތީ ބާރުތައް ދިވެހި ދައުލަތުގެ ބާރުގެ ދަށުން ބޭރުވެދާނެ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އާންމުންގެ މެދުގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ.
ރާއްޖޭގެ ބިމާއި ފަޅުތައް ދިގު މުއްދަތަކަށް ބޭރު ފަރާތްތަކަށް ވިއްކުމާއި މިލްކުކޮށްދިނުމަކީ ރާއްޖޭގެ މިނިވަންކަމަށާއި އިސްލާމީ ވަހްދަތަށް އެޅޭ ހިޔަންޏެއްގެ ގޮތުގައި ގިނަ ރައްޔިތުން އަބަދުވެސް ދެކެއެވެ. މިކަމާ ގުޅިގެން މީސްމީޑިއާގެ އެކި މަންސަތަކުގައި މި މަޝްރޫއު ހުއްޓާލުމަށް ގޮވާލައި އަޑުއުފުލަމުންދާއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ވަނީ މި މަޝްރޫއާ ދެކޮޅަށް ބޮޑު އެއްވުމެއްވެސް ބާއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އިމްރާން ރައީސަށް: ހިތްވަރެއް ހުރިއްޔާ ރަސްމާލެ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާ!
15 ގަޑިއިރު ކުރިން
އަންނަ ހުކުރު ދުވަހުގެ ރޭ "ރަތްރޮނގު" ގެ ނަމުގައި ބޮޑު އެއްވުމެއް ހުޅުމާލޭގައި ބާއްވަނީ
15 ގަޑިއިރު ކުރިން

ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ ވަޒީރުންނަށް ވެސް ކަންކަން އޮތީ ސިއްރު ކޮށްފައި: ޒަމްޒަމް
ދުވަހެއް ކުރިން

ސަރުކާރުން ބޭނުން ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ: ޑރ ދީދީ
2 ދުވަސް ކުރިން


