logo
ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް---

ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް---

ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ ވަޒީރުންނަށް ވެސް ކަންކަން އޮތީ ސިއްރު ކޮށްފައި: ޒަމްޒަމް

profile

ޖިނާން ޙުސައިން ޖަބީން - 14 ނޮވެމްބަރު 2026 - 12:46

ރަސްމާލެ މަޝްރޫއާ ދެކޮޅު ހަދާ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ ޕީއާރު ޓީމަށް ވެސް މި މަޝްރޫއާ ގުޅޭ ކަންކަން ސިއްރުކޮށްފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ޒަމްޒަމް ފާރިޝް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރަށްވެހިކަމެއް ނުދޭނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރިޔަސް، މި ސަރުކާރުން ކުރަން އުޅެނީ ކޮން ކަމެއްކަން އެންމެނަށް ވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ. މި ސަރުކާރުން ކުރަން އުޅޭ ކަމަކީ މިގައުމުގައި ދިގު މުއްދަތަށް ބޭރު ގައުމުތަކުގެ މީހުން އާބާދުވާން ފުރުސަތު ދިނުން ކަމަށް ކަމަށެވެ. އަދި މިކަމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޮޑު ޖަރީމާއެއް ކަމަށް ވެސް ޒަމްޒަމް ވަނީ ވިދާޅުވެފައެވެ.

"ރަށްވެހިކަމެއް ނުދެމޭ، ރައްޔިތުކަމެއް ނުދެމޭ، ވަޒަންވެރިވިޔަކަ ނުދެމޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލަން އުޅުނަސް. ކުރަން އުޅެނީ ކޮން ކަމެއްކަން އަޅުގަނޑުމެން އެންމެނަށް ވެސް ވަރަށް ސާފު. ކުރަން އުޅޭ ކަމަކީ މި ގައުމުގައި ދިގު މުއްދަތަށް ބޭރުމީހުން އާބާދުވާން ފުރުސަތުދޭން އުޅެނީ. މިއީ މީގެ ކުރިން އައި އެއްވެސް ސަރުކާރަކުން ނުހިންގާ ވަރުގެ ބޮޑު ޖަރީމާއެއް." - ޒަމްޒަމް ފާރިޝް ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން ޒަމްޒަމް ފާރިޝް ވިދާޅުވީ، ރާއްޖެއިން ނިކުންނަން ނުޖެހި 10 އަހަރު ވަންދެން، ގައުމުގެ ރިސޯސްތަކުން ބޭނުން ވަރަކަށް ފައިދާ ނަގައި، މީހުންނާ އިނދެ، ދަރިން ހޯދައި، އާއިލާ އުފައްދައި، ދިރިއުޅުން ބިނާކޮށްގެން މުއްސަނދިވާން ބޭރުމީހުންނަށް ފުރުސަތުދޭން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، ސަރުކާރުގައި ތިއްބެވި، މިކަމާ ދެކޮޅުހަދާނެ ކަމަށް ބެލެވޭ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ ޕީއާރު ޓީމަށްވެސް މިކަމުގެ ހަގީގަތް ސިއްރުކޮށްފައިވާކަމަށް އެބޭބޭފުޅުން ވިދާޅުވާ ކަމަށް ޒަމްޒަމް ފާހަގަކުރެއްވިއެވެ.

"މިހާ އަޑި ނޭނގޭހެން ސިއްރުން މިކަމެއް ކުރަން އުޅެނީ، މީގެ ނުރައްކާތެރިކަން ހާމަވުމާއެކު މިކަމާ ދެކޮޅަށް އެހުރިހާ ބޭފުޅުންވެސް ތެދުވާނެތީ" ކަމަށް ޒަމްޒަމް ލިޔުއްވާފައިވެއެވެ.

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކާއި އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށް މި މަޝްރޫއު ހުއްޓާލުމަށް ގޮވާލަމުންނެވެ. އަދި މި މަޝްރޫއާ ދެކޮޅަށް މާލެ ސަރަހައްދުގައި ހުކުރު ދުވަހުގެ ރޭ ބޮޑު އެއްވުމެއް ވެސް ބާއްވާފައިވާއިރު، މި އެއްވުމުގައި ގިނަ ބަޔަކު ވަނީ ބައިވެރިވެ، އެމީހުންގެ ޝުއޫރުތައް ވެސް ފާޅުކޮށްފައެވެ.

https://wamco.com.mv/
tel:+9607331319