
ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން
ބޭރުގެ ބަޔަކަށް ދިވެހިންގެ ބިން ދޭކަށް ދިވެހިން ވޯޓެއް ނުދޭ: އަލީ ހުސެއިން

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2026 - 11:48
ބޭރުގެ ބަޔަކަށް ދިވެހިންގެ ބިން ފޮތިފޮތިކޮށްލާފައި ދިނުމަށް ދިވެހިން ވޯޓް ނުދޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
ދިވެހިންގެ ބިން ދިވެހިންނަށް ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ދިވެހިންގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދީ، މި ޤައުމުގައި އެހެން ދީންތަކަށް ފުރުސަތު ފަހިކޮށްދިނުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެދޭނެ ކަމެއް ނޫން ކަމަށެވެ.
ބޭރުގެ ބަޔަކަށް ބިން ކުއްޔަށް ދޫކުރުމުގެ ކުރިން، ސަރުކާރުން ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ރާއްޖޭގެ ބިމުގައި ބޭރު މީހުން ވަޒަންވެރިކުރުވަން ދިވެހިން ބޭނުންވޭތޯ ސަރުކާރުން ރައްޔިތުންނާ ސުވާލުކުރަން ޖެހޭނެ ކަމަށް އަލީ ވިދާޅުވިއެވެ.
4 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް މި ގައުމުގައި، އެންމެ މީހަކު ބޭނުންވި ކަމުގައި ވިޔަސް ބޭރުގެ ފަރާތްތައް މި ބިމުގައި އާބާދު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ ވަކި ވަކި ފަރުދެއްގެ މިލްކިއްޔާތެއް ނޫންކަން ހަނދާންކޮށްދެއްވަމުން، މިފަދަ ކަންކަމާ ދެކޮޅަށް އެންމެހައި ރައްޔިތުން އަޑުއުފުލަންޖެހޭ މައިގަނޑު ސަބަބަކީވެސް އެއީ ކަމުގައި އޭނާ ވިދާޅުވިއެވެ.
މިގައުމަކީ އެންމެހައި ރައްޔިތުންގެ ގައުމަކަށް ވާތީ، ރަސްމާލެ މަޝްރޫޢުން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބާރުއަޅަންޖެހޭ ކަމަށްވެސް އަލީ ވިދާޅުވިއެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ ނުލައި މި ގައުމު ވިއްކާ ނުލެވޭނެ ކަމަށާއި، އަދި ޣައިރު މުސްލިމުން މި ބިމުގައި އާބާދެއް ވެސް ނުކުރެވޭނެ ކަމަށް އަލީ ވިދާޅުވިއެވެ.
މީގެއިތުރުން، އޭނާ ވިދާޅުވީ ދިވެހި ބިމަކީ ހަމައެކަނި ދިވެހި ރައްޔިތުންގެ ހައްގެއް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

5 މިލިއަން ގަސް މަޝްރޫޢު: ޗައިނާގެ އެހީގައި ތަރައްޤީކުރާ ގްރީން ނާސަރީގެ ޢަމަލީ މަސައްކަތް ކުރިއަށް!
2 ގަޑިއިރު ކުރިން
-1.jpeg&w=3840&q=75)
މޫސުމީ އެހީ ހޯދުމަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރަން ޖެހޭ: ރައީސް
2 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން، ކުރިއެކޭވެސް އެއްފަދައިން ކައްކާ ގޭސް ދޫކުރަމުން ގެންދާނެ: މޯލްޑިވް ގޭސް
2 ގަޑިއިރު ކުރިން

ސަރުކާރުން ބޭނުން ގޮތަކަށް ފަހައިގެން ލާ ކޯޓެއް ގޮތަށް އޮތް ގާނޫނަކަށް ބޯ ލަނބާކަށް ނުޖެހޭ: ޑރ ދީދީ
2 ގަޑިއިރު ކުރިން


