logo
މޯލްޑިވްސް ގޭސް ފުޅިތަކެއް އުފުލަނީ

މޯލްޑިވްސް ގޭސް ފުޅިތަކެއް އުފުލަނީ

މާދަމާއިން ފެށިގެން، ކުރިއެކޭވެސް އެއްފަދައިން ކައްކާ ގޭސް ދޫކުރަމުން ގެންދާނެ: މޯލްޑިވް ގޭސް

profile

މުޙައްމަދު ފަޟްލޫން - 13 ނޮވެމްބަރު 2026 - 12:40

މާދަމާ, 14 ނޮވެމްބަރ އިން ފެށިގެން އެއްވެސް ދަތިކަމެއް ނެތި، އާންމު އުސޫލުން ކައްކާ ގޭސް ފޯރުކޮށްދޭން ފަށާނެ ކަމަށް މޯލްޑިވް ގޭހުން ހާމަކޮށްފިއެވެ.

https://wamco.com.mv/

ގޭސް ސަޕްލައި ކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން، މި ހިނގާ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ ކުންފުނިން ގޭސް ދޫކުރަމުން ދިޔައީ ކޮންޓްރޯލް ކޮށްގެންނެވެ. އެގޮތުން، 10 ކިލޯގެ ފުޅިއަކަށް 7 ކިލޯ، 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ އަދި 45 ކިލޯގެ ފުޅިއަކަށް ދޫކުރަމުން ދިޔައީ 31 ކިލޯގެ ގޭހެވެ.

ނަމަވެސް، މި މައްސަލައަށް މިހާރު ވަގުތީ ހައްލެއް ހޯދިފައިވާތީ، މާދަމާއިން ފެށިގެން ފުޅިތަކަށް ގޭސް އަޅައިދިނުމުގައި ކުރިންވެސް އަމަލުކުރަމުން އައި މިންގަނޑުތައް އިއާދަކޮށް، ފުރިހަމައަށް ގޭސް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މޯލްޑިވް ގޭސް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން، ރާއްޖޭގައި ގޭސް ރައްކާކުރެވޭ މިންވަރު (ސްޓޯރޭޖް ކެޕޭސިޓީ) އިތުރުކުރުމުގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މި މަޝްރޫއު ނިމުމުން އެއްފަހަރާ ތިން މަސް ދުވަހުގެ ގޭސް ރައްކާކުރެވިގެންދާނެ ކަމަށް މޯލްޑިވް ގޭހުން ވަނީ ބުނެފައެވެ. އަދި މިއާއެކު މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާއި ހަމަނުޖެހުންތަކާ ގުޅިގެން ދިމާވާ ދަތިތަކުގެ ސަބަބުން، މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވިއެވެ. އަދި އޭރުވެސް 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި އެ ކުންފުނިން ވިއްކާފައިވަނީ 7 ކިލޯގެ ގޭސް ފުޅިއެވެ.

https://wamco.com.mv/
tel:+9607331319