.webp&w=3840&q=75)
މާލޭގެ ފުރުގާން މިސްކިތަށް ގެއްލުންދީ، އެ މިސްކިތުގައި ބޭއަދަބީ އަމަލުތަކެއް ހިންގި މައްސަލައިގައި ހައްޔަރުކުރި ނައުޝާދު މޫސާ، ފޮޓޯ: ފުލުހުން
މިސްކިތަށް ވަދެ ބޭއަދަބީ އަމަލު ހިންގި ނައުޝާދު، ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 11:49
މާލޭގެ ފުރުގާން މިސްކިތަށް ގެއްލުންދީ، އެ މިސްކިތުގައި ބޭއަދަބީ އަމަލުތަކެއް ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާ ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފިއެވެ.
މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ މ. ދިލްކަޝްވިލާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާ އަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، ނައުޝާދު މިހާރު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ނައުޝާދަކީ މީގެ ކުރިން ވެސް މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިނުމުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އެގޮތުން މިސްކިތަށް އެކިވަރުގެ ގެއްލުންތައް ދިނުމުގެ އިތުރުން އެތަނަށް ބޮޑުކަމުދިޔަ މައްސަލައެއްގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް ވެސް އައެވެ. އެ ހުކުމް ފުރިހަމަކުރުމަށްފަހު އޭނާ މުޖުތަމައުއަށް ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވެ، މިދިޔަ ބުދަ ދުވަހު އޭނާ ވަނީ އަނެއްކާވެސް ފުރުގާން މިސްކިތަށް ވަދެފައެވެ. އަދި މިސްކިތުގައި އިން އަންހެނެއްގެ ކުރިމަތީގައި ބަރަހަނާވެ، އަމިއްލަ އެދުން ފުއްދަން އުޅުނު މައްސަލައެއްގައި ފުލުހުން އޭނާ އަލުން ހައްޔަރުކުރިއެވެ.
ފުލުހުންގެ ތަރުޖަމާނު ކުރިން ވިދާޅުވެފައިވަނީ، ނައުޝާދު ތަކުރާރުކޮށް މިފަދަ ނާތަހުޒީބު އަދި ދީނާއި މުޖުތަމައުގެ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގަމުންދާތީ، އެކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ނައުޝާދު މިފަދަ އަމަލުތައް ތަކުރާރު ކުރަމުންދާތީ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. އެހެންކަމުން، އޭނާ ގުރައިދޫ މަރުކަޒަށް ބަދަލުކުރީ އޭނާގެ ނަފްސާނީ ހާލަތަށް ބަލައި، ފަރުވާ ދިނުމާއެކު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

5 މިލިއަން ގަސް މަޝްރޫޢު: ޗައިނާގެ އެހީގައި ތަރައްޤީކުރާ ގްރީން ނާސަރީގެ ޢަމަލީ މަސައްކަތް ކުރިއަށް!
2 ގަޑިއިރު ކުރިން
-1.jpeg&w=3840&q=75)
މޫސުމީ އެހީ ހޯދުމަށް ބައިނަލްއަގުވާމީ މާލީ އޮނިގަނޑު އިސްލާހުކުރަން ޖެހޭ: ރައީސް
2 ގަޑިއިރު ކުރިން

މާދަމާއިން ފެށިގެން، ކުރިއެކޭވެސް އެއްފަދައިން ކައްކާ ގޭސް ދޫކުރަމުން ގެންދާނެ: މޯލްޑިވް ގޭސް
2 ގަޑިއިރު ކުރިން

ބޭރުގެ ބަޔަކަށް ދިވެހިންގެ ބިން ދޭކަށް ދިވެހިން ވޯޓެއް ނުދޭ: އަލީ ހުސެއިން
3 ގަޑިއިރު ކުރިން


